ލިވިން އެކްސްޕޯ 7 ވަނަ ފެއާ ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ. ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރާ ގިނަ ކުންފުނިތައް ބައިވެރިވާ މި ފެއާއަކީ ހައިރައިޒް އިން އިންތިޒާމު ކުރާ ފެއާއެކެވެ.

މިއަދު ފެށުނު މިފެއާ އިފްތިތާހު ކޮށް ދެއްވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އެވެ.

ހައިރައިޒް އިން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އިވެންޓުގެ، މި އަހަރުގެ މި އިވެންޓުގެ މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސެވެ. އަދި ފެއާގެ ކޯ-ސްޕޮންސަރުންނަކީ އަކްއާ ވިޓާ ރެސިޒެޑްންސާއި ސްރީލަންކާގެ ލަގްޒަރީ ޕްރޮޕަޓީ ބްރޭންޑް އަލްޓީ އެވެ.

ހައިރައިސް އިން ބުނީ މި ފެއާގައި ގެދޮރު އިމާރާތް ކުރާ ފަރާތްތަކުގެ މައުލޫމާތާއި ގެދޮރުގެ އަގުތަށް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ. އަދި ގެއަށް ބޭނުންވާ އެންމެ ފަހުގެ ސާމާނުތަކުގެ މައުލޫމާތު ވެސް ލިބޭނެ ކަމަށް ބުނެ އެވެ. މި ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ މިފެއާ ކުރިއަށް ދާނީ މިއަދުން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށެވެ.