ޖޫން 12، 2019 - ޗާފު ވަޔަށް ބައިކަލުގެ ނަމުގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ބައިކް މޯލްޑިވްސް އިންތިޒާމުކޮށްގެން ބައިކަލު ދުއްވުމުގެ އިވެންޓެއް މިއަދު ބާއްވާފައިވަނީ ހުޅުމާލެ ފެރީ ގިމަތަ ކައިރިންނެވެ. މި ބައިސްކަލަު ދުއްވުމުގައި އެތައް އާންމުންނެއް ބައިވެރިވެފައިވާ އިރު ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. ހުޅުމާލެ ފެރީ ގިމަތަ ކައިރިން ފެށި މި ބައިކަލް ބުރު ނިންމާލާފައިވަނީ ސޯޝަލް ސެންޓަރަށެވެ. އެއަށް ފަހު ސޯޝަލް ސެންޓަރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ހާއްސަ ރަސްމިއްޔާތެއް ކުރިއށް ގެންގޮސްފައިވެއެވެ. މި ރަސްމިއްޔާތުގައި އެނަވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ތިމާވެށި ރައްކާތެރިކުރުމަށް ހާއްސަ އެކްޝަން ޕްލޭން ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް
އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް
އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު (ކ)، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (މ) އަދި ބައިކް މޯލްޑިވްސްގެ ރައީސާ (ވ) / ފޮޓޯ: ހުސައިން މަޚްތޫމް | ދަ ޕްރެސް