ޕީއެސްޖީ އަށް 1900 ގެ ފަހުކޮޅު ކުޅުނު، ނައިޖީރިއާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އޯގަސްޓީން އަޒޫކާ "ޖޭ-ޖޭ" އޮކޯޗާ ރާއްޖެ އަށް އަތުވެއްޖެއެވެ. އޮކޯޗާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައި ވަނީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޙަމާދީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފްގެ އިތުރުން، ދެ ކުންފުނީގެ ވެސް އިސް ބޭފުޅުންނެވެ. މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް އޮކޯޗާ އައިސްފައި ވަނީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީ އާ ދެމެދު އޮންނަ ޕާޓްނާޝިޕެއްގެ ދަށުންނެވެ. އޮކޯޗާ، ޕީއެސްޖީ އެކަޑަމީ ކޯޗިން ކްލިނިކާ އެކު މިއަދު ހަވީރު މާލެ ދުވާ ޓްރެކުގައި ހަރަކާތެއް ބާއްވައި، އަންނަ ހޯމަ ދުވަހު ފުޓްސަލް މެޗެއް ކުޅުމަށް ފަހު، އޮޓޯގްރާފް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. / ފޮޓޯތައް: އަހްމަދު އިޔާދު - ދަ ޕްރެސް
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އޮކޯޗާ (ވ)، ފަހަތުގައި އުރީދޫގެ އެމްޑީ ޚާލިދު އަލް ހަމާދީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް
އޮކޯޗާ (ވ)، އުރީދޫ އާއި އެމްއޭސީއެލްގެ އިސްވެރިންނާއި މީޑިއާ އާ ސަލާމްކޮށް ހަނާ އަޅާލަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އޮކޯޗާ (ވ)، ފަހަތުން އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފް ވަޑައިގަންނަވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް
އޮކޯޗާ (ވ-މ)، މެދުގައި އުރީދޫގެ އެމްޑީ ހަމާދީ، އެންމެ ކަނާތުގައި އެމްއޭސީއެލްގެ އެމްޑީ، އެންމެ ވައަތުގައި އުރީދޫގެ ސީސީއޯ ނިޔާޒް / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް
އޮކޯޗާ، އޭނާ އަށް މަރުހަބާ ކިޔުމަށް ހަބޭސް ގްރޫޕުން ހުށަހަޅައިދިން ބޮޑުބެރު ލަވަ ބަލާލަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް
އޮކޯޗާ އަށް މަރުހަބާ ކިއުމަށްޓަކައި ހަބޭސް ގްރޫޕުން ހުށަހަޅައިދިން ލަވައިގެ ތެރެއިން / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް