ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އެއާޕޯޓު ލައިޓް ކައިރީ އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިރޭ 22:12 އެހައިކަންހާއިރު ހަލިމަގުގެ، ހުޅުމާލެއިން މާލެ އަށް ދަތުރުކުރާ ފަޅީގެ އެއާޕޯޓް ލައިޓް ކައިރީގައި ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
