އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަދަން ފަށައިފިއެވެ.

މިއަދު ހެނދުނު ސްކޫލުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކުރަމުން އަންނައިރު، ރޯވި ވަގުތަކީ ސްކޫލުގައި ކިޔަވަައިދެމުން ދިޔަ ވަގުތެކެވެ. އެހެންކަމުން ސްކޫލުގެ މެނޭޖްމަންޓުން އަންނަނީ ރައްކާތެރިކަމާއެކު ކުދިން ސްކޫލުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރޯވެފައިވަނީ ސްކޫލުގެ ލައިބްރަރީގައެވެ. އެހެންނަމަވެސް މި ހާދިސާ ހިނގުމަށް މެދުވެރިވި ސީދާ ސަބަބު އަދި ސާފުވެފައި ނުވާއިރު ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަންވެސް އަދި ސާފުވެފައެއް ނުވެއެވެ.