މާދަމާ، ރައްޔިތުންގެ މަޖިލިސްކުރާގެ ހިމެނޭހެން ބޮޑު ސަރަހައްދެއް ބަންދުކުރާނެކަން ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާދަމާ އަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަސްކަމުން، ހެނދުނު 7:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން މަޖިލިސްކުރާގެ ހިމެނޭ ސަރަހައްދު ބަންދުވާނެ ކަމަށެވެ.

އް އާންމު ދަތުރުފަތުރަށް ބަންދުވާނެ ސަރަހައްދު ފުލުހުން ވަނީ އާންމުކޮށްފައެވެ. އެގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބިދޭސީންނަށް ހިދުމަތްދޭ ސެންޓަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ބޮޑުތަކުރުފާނު މަގު ބަންދުވާނެއެވެ. އަދި މަޖީދިއްޔާ ސްކޫލުން ފެށިގެން ޗާންދަނީމަގާ ހަމައަށް އަމީރު އަހްމަދު މަގު، ސަލްޓަން ޕާކާ ހަމައަށް މުޅި މެދުޒިޔާރަތް މަގު ބަންދުވާނެއެވެ.

އެ މަގުތަކާ ގުޅިފައިވާ ބައެއް ސަރަހައްދުތައްވެސް އާންމު ދަތުރުފަތުރަށް ބަންދުވާނެކަން ހާމަކޮށް ފުލުހުން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދާމ ހެނދުނު 9:00 ގައެވެ.