އުރީދޫ މޯލްޑިވްސްގެ ޑިޒައިން ޓީމް ކުޑަ ބްރޭކަކަށް ދާ ދުވަސްވަރުގައި 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ކުރެހުމަށް ޝައުގުވެރިވާ އާޓިސްޓުންނަށް ހާއްސަކޮށްގެން ފަން ރަން އާޓް ކޮންޓެސްޓެއް އިއުލާނު ކޮށްފައެވެ.
މި ފަންރަން އާޓް ކޮންޓެސްޓްގެ ފަން ރަންއާ ގުޅޭ އާޓް ވޯކެއް ހެދުމަށްފަހު އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ އިރު، އީމެއިލް އިން ފޮނުވާނީ ކުރެހި އާތްވޯކްގެ ސާފު ފޮޓޯއެއް ނުވަތަ އެ އާޓްވޯކް ސްކޭން ކޮށްފައެވެ. މި ކޮންޓެސްޓަށް ކުރެހުން މެއިލް ކުރެވޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 11:59 ކަމަށް އުރީދުން ބުނެއެވެ.
"އަހަރެމެންގެ ކްރިއޭޓިވް ޓީމް ޗުއްޓީގައި ތިބޭއިރު، މި ކޮންޓެސްޓްގެ ސަބަބުން ތުއްތު ކުދިންގެ ހިތްގައިމު ކުރެހުންތަކުން ފަން ރަން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާނަން. ފަން ރަން އަކީ ކޮމިއުނިޓީ ސްޕިރިޓާއި އުފާވެރިކަން ދައްކުވައިދޭ ރަންއެއް، އަދި މިކަން ދައްކުވައިދިނުމަށް އަޅުގަނޑުމެންގެ ކުޑަކުޑަ އާޓިސްޓުންނަށް ވުރެ ރަނގަޅަށް އެހެން މީހަކު ނުފެންނާނެ،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.
ކުރެހުން އީމެއިލް ކުރާ އިރު ކުއްޖާގެ ފުރިހަމަ ނަމާއި އުމުރު އަދި ބެލެނިވެރިޔާގެ ނަމާއި ގުޅޭނެ ފޯން ނަންބަރެއް ހިމަނަން ވާނެ ކަމަށް އިރީދޫން ބުނެއެވެ. އަދި ބޭނުމިއްޔާ ޕޯސްތަސް ކުޑަ ކެޕްޝަން އެއްވެސް ހިމެނިދާނެ ކަމަށާއި ކެޕްޝަންގައި ގިނަ ވެގެން ހިމެނޭނީ 20 ބަސް ކަމަށް އުރީދޫން ބުނެއެވެ،
މި ކޮންޓެސްޓުގެ ކުރެހުންތައް އުރީދޫން ސޯޝަލް މީޑިއާ އެކައުންޓް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ. މި މުބާރާތުގެ މުއްދަތުގައި ލައިކް ގުނާނީ އުރީދޫގެ ރަސްމީ ޕޯސްޓްތަކަށް އެކަންޏެވެ. ކުރެހުންތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ފަސް ކުރެހުން ކުރެހި ކުދިންނަށް ފަން ކިޓް ލިބޭނެއެވެ.
މި ކޮންޓެސްޓްގެ ކުރެހުންތައް ހުންނަން ޖެހޭނީ ކޮމިއުނިޓީ ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ކޮންމެ ކުއްޖަކަށް ވެސް ހުށަހެޅޭނީ އެންމެ ކުރެހުމެކެވެ.