ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތު މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ޢަބްދުالله މުޠަލިބާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުޠަލިބާއި، ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއާއި، ސަރުކާރާއި އެމް.ޓީ.ސީ.ސީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ސަރަހައްދަކީ ކާރޫބާރު ބޮޑު ސަރަހައްދެެކެވެ. މުދާ އުފުލާ އުޅަނދުތައް އާންމުކޮށް ވަދެ ނިކުމެ ހަދާ އެ ސަރަހައްދުގައި ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ވެސް ހިމެނޭ ސަރަހައްދު ކަމުން އެ ސަރަހައްދުގައި ޓްރެފިކް ބާރުބޮޑުވާ ވަގުތުތައް ގިނައެވެ. މި މައްސަލައަށް ހައްލު ހޯދާ ދިނުމަށް ޒަމާނީ ފެންވަރަށް އެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެއާއެކު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ.

އެގޮތުން މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަގެންދާ ގޮތް ބައްލަވާލެއްވުމަށް ރައީސް މުއިއްޒު އެ ސަރަހއްދަށް ޒިޔާރަތްކުރައްވާފައިވާ އިރު، އެމަނިކޔފާނާ އެކު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބދުﷲ މުއްތަލިބް އާއި އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވެސް ވަނީ އެ ސަރަހއްދަށް ވަޑައިގެންފައެވެ. މީގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުުން ވެސް ބައިވެރިވެވަޑަިއގެންފައި ވެއެވެ.

މި މަޝްރޫއާ ގުޅިގެން އެމްޓީސީސީން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، އެ ސަރަހައްދުގެ ފަޅުގެ ސަރަހައްދުގެ 72 މީޓަރު ޝީޓް ޕައިލްކުރުމުގެ މަސައްކަތްކޮށް، އެ ސަރަހައްދުގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމަށްޓަކައި ކޮންކްރީޓް ޖެޓީ ވަނީ ތަޅާލާފައެވެ. އަދި މަގު ފުޅާ ކުރަން ބޭނުންވާ ފަޅުގެ ސަރަހައްދަށް ވެލި އަޅަން ވެސް ވަނީ ފަށާފައެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، ޒަމާނީ އަދި ފައިމަގުން ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްގީކޮށް، މާލޭ ސިޓީގައި ދަތުރުފަތުރު ކުރުމަށް ފަސޭހަތަކެއް ގެނެސްދޭނެ ކަމަށެވެ. ތަނަވަސް ކުރެވޭ މަގުތަކުގެ ސަބަބުން ޓްރެފިކް ޖެހުން ލުއިވެ، އަދި ވާރޭ ފެން ހިންދާ އާ ނިޒާމެއް ގާއިމް ކުރާ އިރު ވާރޭވެހޭ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުން މަދުވެ، މަގު ބޭނުން ކުރާ އެންމެހާ ފަރާތްތަކަށް އިތުރު ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ވަސީލަތްތަކެއް ގާއިމް ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ކޮންސްޓަރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ މަސައްކަތުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއެކު، 830 މީޓަރުގެ މަގުގައި ތާރު އެޅުމުގެ އިތުރުން ދުވާރުތައް ހެދުމާއި ފެން ހިންދާ ނިޒާމު ގާއިމުކުރުން ހިމެނެއެވެ. އަދި ރޯޑް މާކިން އާއި ސައިން ބޯޑު ހަރުކުރުން ވެސް ހިމެނެއެވެ.

މި މަޝްރޫއުއާ ގުޅިގެން އަންނަ އޮކްޓޫބަރު މަހުގެ 13 އާ ހިސާބަށް އެ ސަރަހައްދުގެ މަގާއި ފަޅު ވެސް ވަނީ ބަންދުކޮށްފައެވެ.