ހުޅުމާލެ ފޭސް 2ގައި އެޅުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލް އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓާ ޕްލޭން އިފްތިތާހުކުރުމަށް ރޭ ކްރޮސްރޯޑްސް ގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ތެލަސީމީއާ ހޮސްޕިޓަލް އިމާރާތްކުރުމަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ސައިނޯމާ އިންޖީނިއަރިން އިންޑަސްޓްރީގެ ފަރާތުންނެވެ.

ތެލަސީމިއާ ހޮސްޕިޓަލް އެޅުމަށް ހުޅުމާލެ ފޭސް 2އިން 72،000 އަކަފޫޓުގެ ބިން އެޗްޑީސީއިން ހަމަޖައްސައިދީފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ މީގެކުރިން ބުނެފައެވެ.

ހުޅުމާލެގައި ތަރައްގީކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާތައް ދެވޭގޮތަށް ގާއިމްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ. އެގޮތުން ލެބޯޓްރީއާއި ވޯޑްތަކުގެ އަދި ޕްރައިވެޓް ރޫމްތަކާއި އައިސީޔޫގެ އިތުރުން އެކަހެރިކޮށްގެން ފަރުވާދެވޭނެ އިންތިޒާމްތައް މި ހޮސްޕިޓަލުގައި ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި ހޮސްޕިޓަލް ފަރުމާކޮށްފައި ވަނީ އޯގަން ޓްރާންސްޕްލާންޓް އަދި ބޯންމެރޯއަށް ޓްރާންސްޕްލާންޓް ޔުނިޓެއް ހިމެނޭގޮތަށެވެ. އަދި ޖެނެޓިކް ސްކްރީނިންއާއި ކައުންސެލިންގެ ހިދުމަތް ވެސް މި ހޮސްޕިޓަލް ތަރައްގީ ކުރެވޭއިރު ލިބިގެންދާނެއެވެ.

ތެެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އެޅުމާއި އެ ކުދިންނަށް ބޯންމެރޯޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ