އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިންގަމް އެގެއިން"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގެ ޓްރެއިލާއަކީ ބޮލީވުޑްގެ ފިލްމުތަކުގެ ތާރީހުގައިވެސް އެންމެ ދިގު ޓްރެއިލާއެއް ފިލްމެއްގައި ހިމެނި ފުރަތަމަ ފިލްމެވެ. ޖުމްލަ 4 މިނެޓާ 58 ސިކުންތުގެ މި ޓްރެއިލާގައި ބޮލީވުޑްގެ އޭ ލިސްޓުގެ ތަރިންގެ އެކްޓިން ފެނިގެން ދިޔައެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ސިނަމާތަކުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ދީޕިކާ ޕަދްކޯން، ކަރީނާ ކަޕޫރް، ޓައިގާ ޝްރޮފް، އަރުޖުން ކަޕޫރް، ޖެކީ ޝްރޮފް، އަޝުތޯޝް ރާނާ އަދި ޝްވޭތާ ތިވާރީ (ޕްރޭނާ)، ރަންވީރު ސިންހް، އަކްޝޭ ކުމާރު އަދި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެއެވެ. ފިލްމުގައި ކޮޕް ޔުނިވާސްގެ ދެވަނަ ފިލްމު ކަމަށްވާ "ސިމްބާ" ގައި ކުޅުނު ފުލުސް އޮފިސަރުގެ ކެރެކްޓާއިން ރަންވީރު ފެނިގެންދާއިރު އަކްޝޭ ފެނިގެންދާނީ ސޫރިޔަވަންޝީ ކެރެކްޓާއިންނެވެ. އަންހެން ސިންހަމް ކެރެކްޓާ އިން ފެނިގެންދާނީ ދީޕިކާއެވެ.

https://youtu.be/MD7v0-igVIM

"ސިންގަމް"އަކީ ބޮލީވުޑްގައި ވަރަށް މަގްބޫލު ފްރެންޗައިޒެކެވެ. މި ފިލްމުގެ ފުރަތަމަ ބައެއް އާންމުންނާ ހަމައަށް އައީ 2011 ވަނަ އަހަރުގައެވެ. ފިލްމުގެ ދެވަނަ ބައިވެސް "ސިންގަމް" ގެ ނަމުގައި 2013 ވަނަ އަހަރު ގެނެސްދިން އިރު "ސިންގަމް ރިޓާންސް"ގެނަމުގައި 2014 ވަނަ އަހަރު ވަނީ ފިލްމުގެ ތިންވަނަ ބައެއް ގެނެސްދީފައެވެ. މި ފިލްމަކީ ރޯހިތު ޝެޓީގެ ފިލްމެކެވެ.