އިންޑިއާގެ މުމްބާއީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބޮލީވުޑްގެ ތަރިން ބައްދަލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ރައީސްއާ ބައްދަލުކުރެއްވި ބައެއް ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް އަދި ސަނީ ކައުޝަލް ހިމެނެއެވެ.

މީގެއިތުރުން އަރްބާޒް ހާން ވެސް ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ހުރިހާ ތަރިންވެސް ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އައިސްފައެވެ.

ރައީސް މުއިއްޒުއާ ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހް ބައްދަލުކުރަނީ / ފޮޓޯ: މިހާރު

މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް، ރައީސް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުއިއްޒު، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް މުއިއްޒުއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު އިންޑިޔާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބާއްވާފައިވާއިރު، ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންގައި ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އަދި ރައީސްގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވެވިއެވެ.