ކެބިނެޓްގެ މުހިންމު މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވައިފިއެވެ.

މިގޮތުން ރައީސް ވަނީ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އެ މަގާމުން ވަކިކޮށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ މަގާމަށް އައްޔަނުކުރައްވާފައެވެ.

އަދި ހެލްތް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް ވަނީ ފޮރިން މިނިސްޓަރު ކަމަށް އައްޔަނުކުރައްވާފައެވެ. ހެލްތް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފައިވަނީ ކުރީގެ ހެލްތް މިނިސްޓަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ރައީސް މުއިއްޒު މިނިސްޓަރުންނާ ވާހަކަ ބައްދަލުކުރައްވަނީ/ފޮޓޯ: ރައީސް އޮފީސް

މި ބޭފުޅުން ވަނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ހުވާ ކުރައްވާފައެވެ.

ރައީސް މުއިއްޒު އެމަނިކުފާނުގެ ކެބިނެޓަށް މިފަދަ ބަދަލުތަކެއް ގެންނެވި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް މި ބަދަލުތައް ގެންނަން ނިންމީ މިއަދު އޮތް ކެބިނެޓް ބައްދަލުވުމުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.