ކޮވިޑްގެ ތެރޭގައި ގައުމު ބަންދު ކުރުމުންނާއި އެޅި އިގްތިސޯދީ ފިޔަވަޅުތަކާ ހެދި ގައުމު ބަގުރޫޓު ވުމަށް ފަހު އޮންނަ ފުރަތަމަ އާންމު އިންތިހާބުގެ ވޯޓުލުން ލަންކާގައި ކުރިއަށް އެބަދެއެވެ.

މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ދާ މި ވޯޓުގައި ވޯޓުލުމުގެ ހައްގު ލިިގެންވާ 17 މިލއަން މީހުން ތިބިކަމަށް އިލެކްޝަންސް އޮފީހުން ހާމަ ކުރެއެވެ.

ޖުމްލަ 38 ކެންޑިޑޭޓަކު ވާދަ ކުރާ އިންތިހާބުގައި މަގުބޫލު ލިސްޓޫގައި އުޅެނީ 3 ކެންޑިޑޭޓެކެވެ.

އެގޮތުން އިގްތިސޯދީ ދަތިކަމުގެ ތެރޭގައި ރައްޔިތުން ނިކުމެ ވައްޓާލި ގޮތަބަޔަ ރާޖަޕްކްސެގެ ވެރިކަމަށް ފަހު ވަޑައިގެންނެވި ރަނިސް ވިކްރަމަސިންގްހަ އާއި ކޮރަޕްޝަނާ ދެކޮޅު އެޖެންޑާ ޕްރޮމޯޓު ކުރައްވާ އަނޫރާ ކުމާރާ ޑިސަނަޔަކެ އާއި 1993 ގައި ވެރިކަމުގައި ހުންނަވަނިކޮށް އަވާހާރަ ކޮށްލި ޕްރެމަދާސަގެ ދަރިކަލުން ސަޖިތް ޕްރެމަދާސާ އާއި ގޮތަބަޔާ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ފާހަގަ ކޮށްލެވެއެވެ.

ދިރާސާ ކުރާ ފަރާތްތަކން ބުނާ ގޮތުގައި، ލަންކާ އަށް ދިމާވި އިގްތިސޯދީ ތަދުމަޑުކަމުގެ ތެރޭގައި ގައުމު ހަމަ މަގަށް އެޅުވުމުގައި ރަނިލް އަދާ ކުރައްވާފައި ދައުރަށް ބަލާއިރު، މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އެންމެ ބޮޑީ އޭނާއަށެވެ.

މިއަދު 4 ޖަހާއިރު ވޯޓުލައި ނިންމާ، ނަތީޖާ އިއުލާން ކުރުން އޮތީ މާދަމާއެވެ.