ފިނި މޫސުމާ ދިމާކޮށް އަޒަރުބައިޖާން އެއާލައިންސް އިން އަލަށް ދިވެހި ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

އަޒަރުބައިޖާން އެއާލައިންސްގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި އެ އެއާލައިންސް އިން ވަނީ އަންނަ ނޮވެމްބަރު މަހުގެ 8 އިން ފެށިގެން އަޒަރުބައިޖާން އެއާލައިންސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

މި ދަތުރުތައް ބާއްވަން ނިންމާފައިވަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެގޮތުން އަޒަރުބައިޖާނުން މާލެއަށް ކޮންމެ އަފްތާއަކު ހުކުރު އަދި އާދިއްތަ ދުވަހު ފްލައިޓު އޮންނާނެ ކަމަށް އެ އެއާލައިންސް އިން ވަނީ ބުނެފައެވެ.

https://www.instagram.com/p/C_aMLExsu3S/?igsh=MWoxYnU0N2JiNHhzdA==

އަޒަރުބައިޖާން އިން ރާއްޖެއަށް މިއީ ދަތުރުތައް ބާއްވާ ފުރަތަމަ ފަހަރަށް ވާއިރު، މި ދަތުރުތަކާއެކު މި ގައުމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ލުއިތަކެއް ލިބިގެންދާނެ އެވެ.

މި ދަތުރުތަކަށް ބޭނުން ކުރަނީ ބޮއިން-787 މަރުކާގެ ބޯޓުތަކެވެ. އަޒަރުބައިޖާން އިން ރާއްޖެއަށް ކުރާ މި ދަތުރަށް ގަތްގަނޑަކަށް 6 ވަރަކަށް ގަޑީރު ހޭދަވާނެ އެވެ.

މިދިޔަ އަހަރު ދިވެހިރާއްޖެއާއި އަޒަރުބައިޖާން އާ ވަނީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން މިހާރަށް ވުރެ އިތުރަށް ބަދަހިކޮށް، އިތުރަށް ފުޅާކޮށް ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ މަރުހަލާއެއްގައި ވެސް އެއްބާރުލުން ދީ ގަވާއިދުން މަޝްވަރާ ކުރުމަށް އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައެވެ.