ރާއްޖޭގައި އަރިދަފުސް ރޯގާޖެހިގެން ރިޕޯޓު ކުރި އަދަދު މެއި މަހާ އަޅާބަލާއިރު ޖޫންމަހު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު މެއި މަހު އަރިދަފުސް ރޯގާޖެހިގެން 22983 ކޭސް ރިޕޯޓްކޮށްފައިވާއިރު މެއި މަހު އެ އަދަދުވަނީ 32738 އަށް އަރާފައެވެ. މިއީ މިދިޔަ 2023 އަހަރުގެ ޖޫން މަހާ އަޅާބަލާއިރުވެސް ވަރަށް ބޮޑު އިތުރުވުމެކެވެ. އެގޮތުން މިދިޔަ އަހަރު ޖޫންމަހު ރިޕޯޓްކޮށްފައިވަނީ އަރިދަފުސް ރޯގާގެ 25749 ކޭހެވެ.

މިއަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް ޓެސްޓްކުރެވުނު 1753 ސާމްޕަލްގެ ތެރެއިން 337 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައެވެ.

- 2024 މެއި މަހު ޓެސްޓް ކުރެވުނު އަދަދު - 138

- 2024 މެއި މަހު ޕޮސިޓިވްވި އަދަދު - 21

- 2024 ޖޫން މަހު ޓެސްޓް ކުރެވުނު އަދަދު - 395

- 2024 ޖޫން މަހު ޕޮސިޓިވްވި އަދަދު - 137

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުން މެއި މަހާ އަޅާބަލާއިރު ޖޫންމަހު ޑެންގީހުން ޖެހިގެންރިޕޯރޓް ކުރެވުނު އަދަ ދު ވަނީ ދަށްވެފައެވެ. މި ގޮތުން މެއި މަހު ޑެންގީގެ 675 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖޫންމަހު ރިޕޯޓްކޮށްފައިވަނީ 623 ކޭހެވެ.

މި އަހަރުގެ މެއި މަހާ އަޅާބަލާއިރު ޖޫން މަހު ބޭރަށް ހިންގުން ރިޕޯޓް ކުރެވުނު އަދަދުވެސް ވަނީ އިތުރުވެފައެވެ. މި ގޮތުން މެއި މަހު ބޭރަށް ހިނގުމުގެ 3508 ކޭސް ރިޕޯޓްކޮށްފައިވާއިރު ޖޫންމަހު ރިޕޯޓްކޮށްފައިވަނީ 5179 ކޭހެވެ.