މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެ ފައިސާ ނުދީ ދެއްކޭނެ ބަހަނާއެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ބުނެ އައްޑޫ ހުޅުދޫގައި މުޒާހަރާ ކުރަމުންދާ މި ދަނޑިވަޅުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ބަޔަކު އަތުން އެއްޗެއް ގަނެފިނަމަ އެއްޗެއްގެ އަގު އަދާކުރުމަކީ ގަންނަ ބައެއްގެ ވާޖިބުކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ ފައިސާ ދިނުމަކީ އެއްޗެއް ގަންނަ ބައެއްގެ ހެޔޮކަމުން ނުވަތަ ދީލަތިކަމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
އަދި ހަމައެހެންމެ މަސްވެރިންގެ އަތުން ސަރުކާރުން މަސްގަނެފައި ފައިސާ ނުދައްކާނަމަ އެއީ ގޯހެއް ކަމަށާއި އެކަމުގައި ސަރުކާރަށް ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އެހެން ވިދާޅުވެ މިއަދު ވާހަކަ ދައްކަވާ އިރު، އޭނާ ހިމެނިވަޑައިގެންނެވި އެމްޑީޕީގެ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހިފައިވާ ނުދީ އޮތް އެތައް މިލިއަން ރުފިޔާއެއް ހަލާސް ކުރީ ހިނގަމުންދާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ. އެގޮތުން މިސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭ އެކަނިވެސް 280 މިލިއަނަށް ވުރެ ގިނަ ފައިސާ މަސްވެރިންނަށް ދިނެވެ. އެއީ އެމްޑީޕީގެ ސަރުކާރުގައި މަސް ގަނެ ނުދީ ހުރި ފައިސާއެވެ.
ކޮންމެ ދުވަހަކުވެސް މަސް ގަންނަމުން ދާ އިރު، ފައިސާ ނުދެވި ހުންނަ ބިލްތައް ހުރެއެވެ. އެގޮތުން ނިމިދިޔަ އީދު އައިއިރު ނުދެވި އޮތް 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ މިސަރުކާރުން ދޫކޮށްފައެވެ. ނަމަވެސް މަސްވެރިން ޑިމާންޑް ކުރަނީ ބާކީ ބައިވެސް މިހާރުން މިހާރަށް ދިނުމަށެވެ.
މަސްވެރިން އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު މި ސަރުކާރަށް ނުފުއްދޭތީ މަސްވެރިން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، ވައުދު ފުއްދުމަށް ގޮވާލާ އިހުތިޖާޖުގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ.
ވަގު އެމްޑީޕީ
މިމީހުންވީ ރައްޔިތުން ނިކުމެ ފޮށާގަނޑު ބާލަން. ލަދެކޭކިޔާ އެއްޗެއް ނުވެސް ނެތީ ހަމަ.
ލާރި ނުދީ ހުއްޓަސް ވެރިކަމުން ފައިބައިގެން ދިޔައީ މަސްތައް ބަހައްޓާފަޔޭ...އެޔެއް ނުގެންދަމޭ...