ރ. އަލިފުށި، ސ. ހުޅުދޫ އަދި ހުޅުމާލެ ފޭސް 2ގައި ހިލޭ މިސްކިތް އެޅުމަށް އަމިއްލަ 3 ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެެވެ.
ރ. އަލިފުށީގައި އިމާރާތް ކުރަން ހަމަޖެހިފައި ވަނީ 570 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަޝްރޫއުގެ އެއްބަސްވުމުގައި އަބްދުއްރަހުމާން މޫސާއާއެކު ސޮއިކޮށްފައި ވަނީ މިސްކިތުގެ މަސައްކަތް 732 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ސ. ހުޅުދޫގައި މިސްކިތް ބިނާ ކުރަނީ މުހައްމަދު ސޯލިހު އެވެ. ހުޅުދޫގައި ބިނާ ކުރާ މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. މީގެއިތުރުން ހުޅުމާލެ ފޭސް 2ގައި މިސްކިތް ބިނާ ކުރަނީ މުހައްމަދު ޔޫސުފްއެވެ.
މި އެއްބަސްވުންތަކުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އަމިއްލަ ހަރަދުގައި މިސްކިތް ބިނާ ކުރަން ބޭނުންވާ 3 ފަރާތަކާއެކު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެއީ ހުޅުމާލޭގައި ދެ މިސްކިތެއް އެޅުމުގެ އިތުރުން މާލެ ސިޓީގެ ޒިކުރާ މިސްކިތް 3 ބުރިއަށް ނެގުމަށެވެ.
ދެރަވަރު...........ރީތިކޮށް މިސްކިތް ހަދާފަ މިސްކިތަށް ނައަންނާށޭ ބުނަނީ.....މިހާރު އަރަނީ އަގުބޮޑު ރީތި ފައިވާން .ބޫޓަށް ބޭރުގައި ހުއްޓާ ވެހިގަތީ ތެމުނީ ހަލާކުވީ.ހުކުރު މިސްކިތް ހެދި ޒަމާނުގައި ފައިވާނަކަށް ނާރާ.ވަޅުން ފައި ދޮވެގެން އަރަނީ...ޑިޒައިން ފާސް ކުރަނީ މިނިސްޓްރީން.....އަޅެ ކީއްވާނީ ނޭނގި ކުރެވުނީމާ އެކަން ރަނގަގު ކޮށްލަން....ޑިޒައިން ކުރާމީހަކު ގާތު ބުނަންވީނު ހުސް ޖާގަ ދައްކާފަ މިސްކިތުގެ ރީތިކަން ނުގެއްލޭ ގޮތަށް ފައިވާން ބަހަށްޓާ ތަނެއް ޑިޒައިން ކޮށްލާށޭ....ފިނިފެން މަލެއް ހުންނަހެން ވެސް ކޮށްލަފާނެ.