އްޖޭގައި ގާއިމުކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ކުޑަހުވަދޫ ހިމެނޭނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށްޓަކައި ރާއްޖެ އެކި ޒޯންތަކަށް ބަހާލައިގެން އެއްފަސްކުރުމުގެ ސިޔާސަތެއްގެ ދަށުން ތަރައްގީކުރުމުގެ މުހިންމުކަން ފާހަގކުރައްވާފައެވެ.

އެގޮތުން ރައީސް ވަނީ ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަކީ ޑިވެލޮޕްމަންޓު ޒޯނެއްގެ ގޮތުގައި އަދި އެންމެ ދެކުނުގެ 4 އަތޮޅުވެސް ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މާލެ ސިޓީ ނުހިމަނާ އިތުރު 7 އާބަން ސެންޓަރެއް އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، ކުޑަހުވަދޫ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނެކަމަށެވެ. އެގޮތުން ބަނދަރުވެ ބޮޑުކޮށް ރަނގަޅުފެންވަރެއްގައި ތަރައްގީކުރުމާއި ކޮމާޝަލް ހާބަރެއް ތަރައްގީކުރުމާއި ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.