ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަޑުކޯން ބަލިވެއިން ކަމަށް ވާހަކަ ދެކެވެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އެކަން އޭނާ ކަށަވަރުކޮށްދީފައެވެ.
ބަތަލާގެ އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އަލަތު ދަރިފުޅަށް ބަލިވެ އިން ކަމަށާއި ވިހާނީ ސެޕްޓެމްބަރު މަހުގައި ކަމަށެވެ. ބަތަލާގެ އެ ޕޯސްޓާއެކު ބޮލީވުޑްގެ މަޝްހޫރު އެތައް ފަންނާނުންނެއް އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
2018 ވަނަ އަހަރު ކައިވެނިކުރި ބަތަލާ ދީޕިކާ އާއި ރަންވީރު ސިންހްގެ ކައިވެންޏަށް މިހާރު ފަސް އަހަރުވެފައި ވާއިރު ދެތަރިންނަކީ ވެސް ފިލްމީ މަޝްރަހުގައި ވަރަށް ކާމިޔާބު ދެތަރިންނެވެ. ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2013 ވަނަ އަހަރުއެވެ.
2006 ވަނަ އަހަރު ފިލްމު އަައިޝްވާރިޔާ އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ "ފައިޓާ" އެވެ. އެ ފިލްމު މިހާރުވެސް ސިނަމާތަކުގައި އަޅުވާފައިވާއިރު މި ފިލްމަކީ ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން އާއެކު ބަތަލާ ދީޕިކާ ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމަށް އަންނަނީ ބޮޑު ކާމިޔާބެއް ލިބެމުންނެވެ.