ބޮލީވުޑްގެ ކުޅަދާނަ ދެތަރިން ކަމަށްވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރު ސިންހް އަށް ދަރިއަކު ލިބެން އުޅޭކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ދީޕިކާ އަލަތު ދަރިފުޅަށް ބަލިވެއިން ކަމަށް އަޑުފެތުރެން ފަށާފައިވާއިރު ބޭރުގެ ނޫސްތަކުން ބަތަލާގެ ގާތް މީހަކާ ހަވާލާދީ ބުނީ މިހާރު ދީޕިކާ ހުރީ ދެވަނަ ޓްރައިމިސްޓާގައި ކަމަށެވެ. 77 ވަނަ ބަފްޓާ އެވޯޑު ހަފްލާގައި ބަތަލާ ދީޕިކާ ބައިވެރިވީ ފަހުން އޭނާ ބަނޑުބޮޑުކަމަށް ވާހަކަދެކެވެން ފެށިއިރު ގިނަ އާންމުންގެ މީހުން އަންނަނީ ދެތަރިންނަށް މަރުހަބާވެސް ކިޔަމުންނެވެ. ނަމަވެސް ދެތަރިންކުރެ އެކަކުވެސް އަލަތު ދަރިއަކު ލިބެން އުޅޭކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
2018 ވަނަ އަހަރު ކައިވެނިކުރި ބަތަލާ ދީޕިކާ އާއި ރަންވީރުގެ ކައިވެންޏަށް މިހާރު ފަސް އަހަރުވެފައި ވާއިރު ދެތަރިންނަކީ ވެސް ފިލްމީ މަޝްރަހުގައި ވަރަށް ކާމިޔާބު ދެތަރިންނެވެ. ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2013 ވަނަ އަހަރުއެވެ.
2006 ވަނަ އަހަރު ފިލްމު އަައިޝްވާރިޔާ އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ ދީޕިކާގެ އެންމެ ފަހުގެ ފިލްމަކީ "ފައިޓާ" އެވެ. އެ ފިލްމު މިހާރުވެސް ސިނަމާތަކުގައި އަޅުވާފައިވާއިރު މި ފިލްމަކީ ކުޅަދާނަ އެކްޓަރު ރިތިކް ރޯޝަން އާއެކު ބަތަލާ ދީޕިކާ ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމުވެސްމެއެވެ. މި ފިލްމަށް އަންނަނީ ބޮޑު ކާމިޔާބެއް ލިބެމުންނެވެ.