ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ރާއްޖެ ބަލައިގެންފައި ވަނީ ހެޕަޓައިޓިސް ބީ ވެކްސިން ދިނުމުގައި ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ޑަބްލިއުއެޗްއޯއިން މިފަހުން ހެދި ސާވޭގައި ސްކޫލްތަކުގައި ކިޔަވާ 6 އަހަރާއި 7 އަހަރުގެ ކުދިންގެ ޓެސްޓުތައް ކޮށްފައިވާއިރު، އެއްވެސް ކުއްޖަކު ގައިން ހެޕަޓައިޓިސް ބީ ފެނިފައިނުވާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ހެޕަޓައިޓިސް ބީއަށް މާބަނޑު މީހުން ގަވާއިދުން ސްކްރީން ކުރުމާއި، ބައްޔަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ ކުދިން ބަލިން ރައްކާތެރިކުރުމަށް ދެވޭ ޕްރިވެންޓިވް ތެރަޕީގެ ސަބަބުން ހެޕަޓައިޓިސް ބީ ކޮންޓްރޯލްކުރުމަށް މަގުފަހިވެގެންދާކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ހެޕަޓައިޓިސް ބީ އަކީ ލިވާގެ އިންފެކްޝަނެކެވެ. އެއީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.