މި މަހު 25 ގައި ސިނަމާތަކުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ވަރުގަދަ އެކްޝަން ފިލްމު "ފައިޓާ"ގެ ރަސްމީ ޓްރެއިލާ ދައްކާލައިފިއެވެ.

ސިދާތު އާނަންދުގެ ފިލްމު "ފައިޓާ" ގައި މަޝްހޫރު ގިނަ ތަރިންތަކެއް ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި ކުޅަދާނަ ބަތަލާ ދީޕިކާ ޕަޑުކޯން، ރިތިކް ރޯޝަން، އަނިލް ކަޕޫރު އަދި ކަރަން ސިންހް ގްރޯވަރު ހިމެނެއެވެ. ފިލްމުގެ ހާއްސަކަމަކީ މި ފިލްމަކީ ދީޕިކާ އާއި ރިތިކް ބޮޑު ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށް ވުމުންނެވެ. މި ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނީ އަކްޝޭ އޮބެރޯއީ، ސަންޖީދާ ޝެއިހް އަދި ތަލަތު އަޒީޒެވެ. ޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ "ފައިޓާ" ފިލްމަކީ ޖުމްލަ 30.03 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

ތިކް އާއި ދީޕިކާގެ ކެމިސްޓްރީ މަންޒަރުތަކެއް ވެސް ވަނީ މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދިޔައިރު ހުރިހާ އަސަރުތަކެއް އެކުލެވޭގޮތަށް ފިލްމުގެ މަންޒަރުތައް ވަނީ ޓްރެއިލާގައި ދައްކާލާފައެވެ. މި ފިލްމުގައި މީގެ ކުރިން ފެނިފައިނުވާފަދަ ވައިގެ މަންޒަރުތަކެއް ވެސް ފެނިގެންދާނެއެވެ. ބަތަލާ ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ހާން އާއެކު ފިލްމު "ދުންކީ" އިންނެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. ރިތިކް އެންމެފަހުން ފެނިގެންދިޔައީ ސައިފް އަލީ ހާން އާއެކު "ވިކްރަމް ވޭދާ" އިންނެވެ.