މި އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ނިންމާލައި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއަށް ގޮސްފިއެވެ.

މި އަހަރުގެ ދިރާސީ އާ އަހަރު ފެށީ އޮގަސްޓް 6 ގައެވެ. އެއީ 216 ސްކޫލެއްގައި ޖުމުލަ 84،200 ދަރިވަރުންނާ އެކީގައެވެ. އޭގެތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނެވެ.

ފުރަތަމަ ޓާމްގައި 93 ދުވަހު ކިޔަވާފައިވާއިރު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 7 ގައެވެ. ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗުއްޓީއަށްފަހު އަންނަ އަހަރު ސްކޫލުތަކުގެ ސެޝަންތައް ގައުމީ ސަލާމުން ފަށާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ވެފައިވާ ރިޔާސީ ވައުދާ އެއްގޮތަށް، ގައުމީ ލަވައިގައި ކިޔާ އެއްޗެއްގެ ދަރިވަރުންނަށް ވިސްނި އެއަށް ލޯބި ޖެއްސުމަށްޓަކައި ކަމަށް ވިދާޅުވެފައިވެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަލުން ޖެނުއަރީއަށް ބަދަލުކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެފައެވެ.