އަންނަ މަހުގެ 25 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ސިދާތު އާނަންދުގެ ފިލްމު "ފައިޓާ"ގެ ޓީޒާ ދައްކާލައިފިއެވެ.

ބަތަލާ ދީޕިކާ ޕަޑުކޯން އާއި ރިތިކް ރޯޝަން ސްކްރީނުން އެކުގައި ކުޅޭ ފުރަތަމަ ފިލްމުގެ ޓީޒާ އަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު އެ ޓީޒާ ވަރަށް ޝައުގުވެރިއެވެ. ވެ. ދީޕިކާ، ރިތިކްގެ އިތުރުން ފިލްމުގެ މުހިއްމު ރޯލަކުން އެކްޓަރު އަނިލް ކަޕޫރު ވެސް ފެނިގެންދާއިރު މި ތިން ތަރިންވެސް ކުޅެނީ އަސްކަރީ ޕައިލެޓުގެ ރޯލުން ފެނިގެން ދާއިރު މި ފިލްމުގެ ފަސްޓްލުކް ދައްކާލިއިރު މޯޝަން ޕޯސްޓަރުވެސް ވަނީ ދައްކާލާފައެވެ. ފިލްމުގައި މި ތިން ތަރިންގެ އިތުރުން ފެނިގެންދާނެ ތަރިންނަކީ ކަރަން ސިންގް ގްރޯވާ، އަކްޝޭ އޮބެރޯއީ، ސަންޖީދާ ޝެއިހް އަދި ތަލަތު އަޒީޒެވެ. "ފައިޓާ" ފިލްމަކީ ޖުމްލަ 30.03 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

ނޭވާ ހިފަހައްޓާލަންޖެހޭ އަވަސް މަންޒަރުތަކެއް ފިލްމުގެ ޓީޒާ އިން ފެނިގެންދިޔައިރު ހިތަށް އަސަރުކުރުވާ ފަދަ މަންޒަރުތަކެއް ވެސް ވަނީ ފެނިފައެވެ. އޭގެ އިތުރުން ރިތިކް އާއި ދީޕިކާގެ ކެމިސްޓްރީ މަންޒަރުތަކެއް ވެސް ވަނީ މި ފިލްމުގެ ޓީޒާގައި ހިމަނާފައެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ހަދާފައިވާ މި ފިލްމުގައި މީގެ ކުރިން ފެނިފައިނުވާފަދަ ވައިގެ މަންޒަރުތައް މި ފިލްމުގެ ޒަރިއްޔާއިން ފެނިގެންދާނެއެވެ.

ބަތަލާ ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ ޝާހްރުކް ހާން އާއެކު ފިލްމު "ދުންކީ" އިންނެވެ. މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ. ރިތިކް އެންމެފަހުން ފެނިގެންދިޔައީ ސައިފް އަލީ ހާން އާއެކު "ވިކްރަމް ވޭދާ" އިންނެވެ.