ކުންފުނި ބަދުނާމު ވާގޮތަށް އަދި ކުންފުންޏަށް އޮތް އިތުބާރުގެއްލޭ ގޮތަށް ހަގީގަތާއި ހިލާފު ދޮގު ހަބަރު ނުފެތުރުމަށް އެމްޓީސީސީން އަންގައިފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންނަށް އޮޅުވާލާ އެ ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ހަބަރު ފަތުރަމުންދާކަމަށެވެ. އެގޮތުން އިއްޔެ ނޫހެއްގައި އެކުންފުންޏާ ބެހޭގޮތުން ޝައިރުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، އެ ހަބަރަކީ ރައްޔިތުންގެ ހިތުގައި މިކުންފުންޏަށާއ،ި ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއ،ި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަމަށެވެ. އެގޮތުން އެ ކުންފުނީގެ އިސް ވެރިންތަކެއް ނާޖާއިޒު މާލީ މަންފާ ލިބޭނެހެން އަމަލުކޮށްފައިވާ ކަމަށްތުހުމަތުކުރާއިރު، މިއީ އެއްވެސް އަސާސެއް އަދި ބުރަދަނެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ހަމައެހެންމެ އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތަކަށް ބޭނުންވާ ތަކެއްޗާއި އަދި ކުންފުނީގެ އެކިއެކި ބޭނުމަށް ގެންނަ މުދަލުގެ މުއާމަލާތަތަކަކީ ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ޕްރޮކިއުމަންޓް ޕޮލިސީއާއި އެއްގޮތަށް ކުރިއަށްދާ މުއާމަލާތްތަކެއްކަން ކަމަށް އެމްޓީސީސީން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން ބުނީ، މިފަދަ މުއާމަލާތްތަކުގެ ހުއްދަ ދިނުމަށް ވާނީ އެކި މަރުހަލާތަކުގައި ހުއްދަ ދިނުމަށް ގިންތި ކަނޑައެޅި ޑޮކިޔުމަންޓްކޮސްފައި ކަމަށެވެ.

މި ކުންފުނިން އަބަދުވެސް އިސްކޮށްފައިވާނީ ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތެވެ. އެގޮތުނ،ް ކޮންމެ މުއާމަލާތެއްގައިވެސް އަމަލުކޮށްފައިވާނީ ރަނގަޅު ގަވާނަންސްގެ ތެރެއިންކަމަށާއި އަދި ވިޔަފާރީގައި ގެންގުޅޭ ބައިނަލްއަގްވާމީ ބެސްޓް ޕްރެކިޓްސްގެ ހަމަތަކާއި މިންތަކާއި އެއްގޮތްވާގޮތުގެ މަތިންކަމުގައި ދަންނަވަމެވެ. އަދި ދިވެހި ރައްޔިތުންނަށް މިކަމުގެ ހަޤީގަތް ސާފުކޮށްދިނުމަށް އޭސީސީ އިން ތަހުގީގެއްހިންގާދިނުމަށް އެދި މިކުންފުނިން އެ ކޮމިޝަނަށް މިރ ވާނީ ސިޓީއަކުން ދަންނަވާފައެވ.ެކުންފުނީގެ ވެރިންގެ ބޮލުގައި މިފަދަ ބޮޑެތި ތުހުމަތު އެއްވެސް ހެއްކެއްނެތި އަޅުވަމުން ނޫހެއްގައި ގެންދަނީ އަބުރުކަތިލުމުގެ ނުބައި ރޫހުގައިކަން ވެސް ފާހަގަކުރަމެވެ.
އެމްޓީސީސީ

އެމްޓީސީސީން ވަނީ ޒާތީ ތަޢައްސުބް އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި މަދުފަރާތްތަކުން މިފަދަ އަމަލުތައް ކުރަމުންގެންދިއަ ނަމަވެސ،ް ޖުމުލަކޮށް މީޑިއާގެ ވަސީލަތް ތަކުން ޒިންމާދާރު ނޫސްވެރިކަމެއް ކުރަމުންގެންދާ ކަމަށެވެ.

އެމްޓީސީސީއާއި އެމްޓީސީސީގެ ވެރިން ބަދުނާމު ވާގޮތަށް އަދި އާންމު ރައްޔިތުންގެ މެދުގައ،ި ކުންފުންޏަށް އޮތް އިތުބާރުގެއްލ ގޮތަށް މިފަދަ ހަގީގަތާއި ހިލާފު ދޮގު ހަބަރު ނުފެތުރުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.