އެމްޓީސީސީ ޓީމުގެ މެންބަރުންނަށް ޕާސަނަލް ފައިނޭންސް މެނޭޖްމަންޓާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ، އެކުންފުނީގެ ސީއީއޯ އާދަމް އާޒިމްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެކި ޑިވިޒަންތަކުގެ 239 މުވައްޒަފުން ބައިވެރިވެފައި ވާ ކަމަށެވެ. އަދި މި ހަރަކާތުގައި އާޒިމްގެ އިތުރުން ސީއޯއޯ ޝާހިދު ހުސައިން މޫސާ އަދި އެމްޓީސީސީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ސެޝަންގެ މައިގަނޑު އަމާޒަކީ ޕާސަނަލް ފައިނޭންސްގެ އަސާސީ އުސޫލުތަކާ ބެހޭ ގޮތުން ކޮންމެހެން ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ދިގު މުއްދަތުގެ މާލީ ރޭވުމާއި ނިންމުންތައް ނިންމުމުގެ ސަގާފަތެއް ކުރިއެރުވުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި އިވެންޓް ބޭއްވުމުގައި ސީއީއޯ އާދަމް އާޒިމްގެ އަމާޒަކީ އެމްޓީސީސީގެ ޓީމު މެންބަރުންގެ ދިރިއުޅުން މުއްސަނދިކޮށް، އަމިއްލަ އަދި ޕްރޮފެޝަނަލް ދާއިރާއިން ވެސް ފުރިހަމަކަން އިތުރުކުރުން ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ، މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ ޒިންމާދާރު މާލީ އަމަލުތަކަށް ހިތްވަރުދީ، މާލީ ރައްކާތެރިކަން އިތުރުކޮށް، މުވައްޒަފުންގެ އިތުރުން އެމީހުންގެ ލޮބުވެތި އާއިލާތަކަށްވެސް އޭގެ ފައިދާ ހޯދައިދިނުން ކަމަށެވެ. މި ސެޝަންގައި ރާއްޖޭގެ އިގްތިސާދާއި، މާލީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އިބްރާހީމް އާތިފް ޝަކޫރު ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްޓީސީސީން ބުނެއެވެ.