ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން އެމްެންޑީއެފަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ ތަކެއްޗާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ކަމަށެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

އެކަމާ ގުޅިގެން ޝުކުރު ދަންނަވަމުން މިނިސްޓަރު ވިދާޅުވީ، މި ތަކެއްޗަކީ ދެ މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އަގުހުރި ޕްރިކަސާ އެންޑް ޑްރަގް ޓެސްޓިން ކިޓްތަކެއް ކަމަށެވެ. ޖަޕާނުން ސިވިލް ޑިފެންސް ކެޕޭސިޓީ ބިލްޑިންއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. މިގޮތުން މިއީ އޭގެ ތެރެއިން ތެރެއިން އެއް މަސައްކަތް ކަން މާރިޔާ ވިދާޅުވިއެވެ.

ޖަޕާނުން އެމްއެންޑީއެފަށް ޑްރަގް ޓެސްޓްކުރާ ކިޓްތަކެއް ހަދިޔާކޮށްފައިވާއިރު މި ހަފްތާ ތެރޭގައި ޖަޕާނުން ވަނީ ފުލުހުންނަށް ވެސް ޑްރަގް އަދި ޕްރިކާސަ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ.

ޖަޕާނުން ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަ ރެސިސްޓަންޓް ކިޓުތަކެކެވެ. މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެކެވެ. މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެއެވެ.