ލ. ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައި ވަނީ މިމަހު 10 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ، 42،624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 752 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމާއ،ި 315 މީޓަރުގެ ބްރިޖެއް ހެދުމާއ،ި 714 މީޓަރުގެ ރީޓެއިނިން ފާރެއް ހެދުމުގެ އިތުރުން 7,266 އަކަ މީޓަރުގެ ދުއްވާ ސަރަހައްދު ގާއިމުކުރުން އަދި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިމަޝްރޫއުއަކީ 144.38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ލ. ކަލައިދޫ، ލ. އިސްދޫ އަދި ލ. ދަނބިދޫ އަކީ އާއިލީގޮތުން ވެސް ގުޅިފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ 3 ރަށެކެވެ. މި 3 ރަށަކީ ވެސް ބިމުގެ ޖާގައިގެ ގޮތުން ތަނަވަސް ތިން ރަށަށްވާއިރު، އިސްދޫ އަދި ކަލައިދޫ އަކީ އެއް ފަސްގަނޑުގައި އޮންނަ ދެރަށެވެ. އަދ،ި ދަނބިދޫ އަކީ ވަކިން އޮންނަ ރަށަކަށް ވީއިރު، ލ. ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއު ނިމުމުން މި 3 ރަށް އެކީގައި ގުޅިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި 3 ރަށް ކޯޒްވޭ އަކުން ގުޅުމަކީ އޭގެ ސަބަބުން މި 3 ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސާހަތަކެއް ދަތުރުފަތުރާއ،ި އިގްތިސާދީ ގޮތުންނާއި އަދި އިޖްތިމާއީ ގޮތުން ވެސް ހޯދައިދޭނެ ކަމަށެވެ.