ސްޓާޕްލަސް އިން މިވަގުތު ދައްކަމުން އަންނަ އެންމެ މަގްބޫލު ޑްރާމާ އަނުޕަމާ އަކީ ގިނަ ބަޔަކު އެންމެ ޝައުގުވެރިކޮށް ބަލަމުން އަންނަ ޑްރާމާ އެކެވެ. ޑްރާމާ ފެށޭގަޑި އަށް ޗެނަލް ހުޅުވައިގެން ޑްރާމާގައި ކަންތައްތައް ވެގެންދާނެ ގޮތް ބަލަން ތިބެނީ ކެތްތެރިކަމާއެކުގައެވެ. އަނުޕަމާ އަކީ އެހެން ޑްރާމާތަކާ ހިލާފަށް ހަގީގީ ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ތަޖުރިބާކުރަން ޖެހިދާނެ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ސިލްސިލާ ޑްރާމާއެކެވެ.
ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކައިރިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނި ކޮށްގެންނެވެ. އަނުޕަމާ އާއި އަނުޖްގެ ކައިވެންޏަށް އަނޫ ކިޔާ ކުއްޖަކު ފޮސްޓާ ކުރި ކަން މީގެ ކުރީގެ އެޕިސޯޑުތަކުގައި ވާނީ ފެނިފައެވެ. ނަމަވެސް އަނޫ ގެ ހަގީގީ މަންމަ މާޔާ އައިސް އަނުޕަމާ އާއި އަނުޖްގެ ދެމެދަށް އާދެއެވެ. އެންމެ ފަހުން ހިތިގޮތަކަށް މާޔާ މަރުވި މަންޒަރު ބެލުންތެރިންނަށް ވާނީ ފެނިގެން ގޮއްސައެވެ.
ޑްރާމާގައި މިހާރު ވަނީ ކިހިނެއް؟
ހިންދީ ޑްރާމާތަކަކީ އަބަދުވެސް ވަރަށް ބޮޑެތި ޓްވިސްޓްތައް ގެންނަ ޑްރާމާތަކެކެވެ. ހީކުރާ ގޮތާ މުޅިން ހިލާފަށް ގެންނަ ޓްވިސްޓްތަކަކީ އެވަގުތު ބެލުންތެރިން އެންމެ ގަޔާވާ ޓްވިސްޓްތަކަށް ނުވިނަމަވެސް ގިނަ ބަޔަކު ދެން ކަންތައްވެގެންދާނެ ގޮތް ބެލުމަށް ޝައުގުވެރިކުރުވާ ޓްވިސްޓްތަކެކެވެ. ޑްރާމާގެ މިހިސާބަށް އައިއިރު ކަންތައްވެގެންދާ ގޮތް ކިޔައިދޭނަމެވެ. ކާވިޔާ އާއި ވަންރާޖް މައްސަލަޖެހިގެން ކާވިޔާ އެގެއިން ނުކުމެ، ކާވިޔާ ބަލިވެއިންކަން އެނގުމުން ވަންރާޖް އަލުން ކާވިޔާ އޭނާގެ ގެއަށް ގެނެއެވެ. ބައްޕަ އަކަށްވާން އުޅޭ ހަބަރު ކާވިޔާ ދިނުމުން ވަންރާޖްގެ ހުރިހާ ވަގުތެއް ކާވިޔާ އަށް ހުސްކުރިއެވެ. ނަމަވެސް ކާވިޔާގެ ބޮޑު ސިއްރު އަނުޕަމާ ގާތު ބުނެއެވެ. ކާވިޔާގެ ބަނޑުގައި އޮތް ދަރިފުޅަކީ ވަންރާޖްގެ ދަރިއެއް ނޫންކަމަށާއި އެއީ އޭނާގެ ކުރީގެ ފިރިމީހާ އަނިރުދްގެ ދަރިއެއްކަމަށް އަނުޕަމާ ގާތު ބުނެއެވެ. ކާވިޔާ އެވާހަކަ އަނުޕަމާގެ ގާތު ބުނާ އަޑު ވަންރާޖަށް އިވެއެވެ. އެ ހަބަރާއެކު ވަންރާޖުގެ ހަޔާތަށް ތޫފާނެއް އައިފަދައެވެ. އަމިއްލަ ނަފްސު ކޮންޓްރޯލުން ނައްޓައެވެ. އަމިއްލަ އަނބިމީހާ ގާތުން އެހާ ބޮޑު ދޯކާ އެއް ލިބުމުންނެވެ. ވަންރާޖް އަށް ހަގީގަތް ފަޅާއެރިކަން އަނުޕަމާ އަށް އެނގެއެވެ. ކާވިޔާ އަށް ވެސް އެކަން ފަހުން އެނގެއެވެ. ކާވިޔާ ހާސްވީ އޭނާގެ އަނގައިން އެވާހަކަ އޭނާ ގާތު ނުބުނެ ހުއްޓާ ވަންރާޖަށް އެވާހަކަ އެނގުމުންނެވެ. ވަންރާޖު އާ ވާހަކަ ދައްކަން ކާވިޔާ މަސައްކަތްކުރެއެވެ. ނަމަވެސް އެކަމަށް ހައްލެއް ނުލިބެއެވެ.
އަނުޕަމާގެ ފިރިމީހާ އަނުޖްގެ ބޭބެ އަންކުޝްގެ ނަހަލާލު ދަރިފުޅު ކަޕާޑިއާ ހައުސް އަށް ދެެއެވެ. އެކަން އަންކުޝްގެ އަނބިމީހާ ބަރްކާ އާއި އޭނާގެ ކޮއްކޮ އަދިކް އަށް ހަޖަމެއް ނުވެއެވެ. ނަމަވެސް އަންކުޝް ބޭޭނުންވީ އޭނާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބިދީ ދަރިފުޅު އޭނާގެ ގާތުގައި ބެހެއްޓުމަށެވެ. އެކަން އޭނާ ކާމިޔާބުވެސް ކުރެއެވެ. ރޯމިލް، ކަޕާޑިއާ ހައުސްގައި ދިރިއުޅެން ފަށައެވެ.
ޑްރާމާގައި ދެން ވާނީ ކިހިނެއް؟
ޕާކީ ގެ ފިރިމީހާ އަދިކްގެ އަނިޔާތަކަށް ކެތްނުކުރެވޭ ވަރުވުމުން އެކަން އޭނާގެ އާއިލާ ގާތު ބުނަން ނިންމައެވެ. ނަމަވެސް ކޮންމެ ފަހަރަކު ފަސްޖެހެއެވެ. އަދިކް ގެ އަނިޔާތަކަށް ޕާކީ ކެތްކުރަން މަޖުބޫރުވެއެވެ. އާއިލާ އާ ދޭތެރޭ ވިސްނުމަށްފަހުއެވެ. އަނުޖްގެ ބޭބެ އަންކުޝްގެ ދަރިފުޅު ރޯމިލް އައުމުން ރޯމިލް އާއި ޕާކީ އާއި ރަހުމަތްތެރިކަމުގެ ގުޅުން އުފެދެއެވެ. ރޯމިލް އާއި ޕާކީގެ ރަހުމަތްތެރިކަމުގެ ގުޅުމަކީ އަދިކް އެންމެ ހިތްހަމަޖެހޭ ގުޅުމަކަށްނުވިއެވެ. އަދި އެކަން އަދިކް އަށް އެނގޭ ހިސާބުން އަނެއްކާވެސް ޕާކީ އަށް އަނިޔާކުރަން ފަށައެވެ. އެންމެފަހުން ޕާކީ އެވާހަކަ އޭނާގެ އާއިލާ ގާތު ބުނެއެވެ. އެންމެ ގާތުން ޕާކީ އަށް ހިތްވަރުދިނީ ރޯމިލްއެވެ.
ޕާކީ، ޕަރިތޯޝް އަދި ސަމަރު އަށް އުނދަގޫ އިހުސާސްތަކެއް ކުރުވައެވެ. ތިންބެއިންގެ ގުޅުމަށް ބޮޑު ތޫފާނެއް އަންނަ ކަހަލަ އިހުސާސެއް ތިން މީހުންނަށްވެސް ކުރެއެވެ. ޕަރިތޯޝްގެ މެއަށް ކޮންމެވެސް ގޮތެއް ވާކަން އޭނާއަށް އެނގެއެވެ. ހީވާގޮތުން ޑްރާމާގައި ޕަރިތޯޝް އަށް ބޮޑު ކަމެއް ވެގެންދާނެއެވެ. އެއާއެކު އޭނާގެ ދެ ކޮއްކޮ ޕާކީ އާއި ސަމަރުގެ ހިތް ކުދިކުދިވެގެންދާނެއެވެ. މަންމަ އަނުޕަމާގެ ހަޔާތަށް އަނެއްކާވެސް ތޫފާނެއް އައީއެވެ. އެ ތޫފާނުން އަނުޕަމާ އަރައިގަންނާނެ ގޮތް ބެލުމަށް ޑްރާމާގެ ކުރިއަށް ހުރި އެޕިސޯޑުތައް ބަލައިލާށެވެ.
މިވެސް ދެން ހަބަރެއް؟ ތިހެން ކޮންމެ މީހަކައްވެސް ހަބަރު ލިޔެވިދހާނެ ދޯ. ކޮންމެ ރެއަކު ކްރައިމް ޕެޓްރޯލް އެޕިސޯޑް ބަލާފަ އޭގެ ވާހަކަވެސް ލިޔަން ފެނޭ