މިރޭ ވިލިމާލެއިން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ މިރޭ 11:45 އިން މެންދަމު 2:00 އަށް ވިލިމާލޭގެ ހުރިހާ ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑިގެންދާނެ ކަމަށެވެ.

ވިލިމާލެއިން ފެނުގެ ހިދުމަތް ކަނޑާލަނީ ވިލިމާލެ ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑިން މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

އެމްޑަބްލިއެސްސީއިން ވަނީ ފެނުގެ ހިދުމަތް މެދުކަނޑާލުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ. މީގެ ކުރިން ވެސް ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑިން މަސައްކަތްތައް ކުރުމަށް މާލެ އަދި ވިލިމާލެ އެކި ސަރަހައްދުތަކުން ވަނީ ފެނުގެ ިދުމަތް މެދުކަނޑާލާފައެވެ.