އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، މަރަދޫ އަދި މަރަދޫ-ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމައިފިއެވެ.

މަރަދޫ އަދި މަރަދޫ-ފޭދޫ ދެ އަވަށުގެ ބިމަށް 76 ހެކްޓަރުގެ ބިން ހިއްކާ އިތުރުކޮށްފައިވާއިރު އަދި މަރަދޫފޭދޫ ފަޅު ތެރެއިން ޓޫރިޒަމްގެ ބޭނުމަށް 8.3 ހެކްޓަރުގެ ތިން ރަށާ 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވަނީ ހަމަޖެެހިފައެވެ. މަރަދޫ އަދި މަރަދޫ-ފޭދޫ ބިން ތިން ހަފްތާތެރޭ ނިންްމާލާފައިވާއިިރު މިހާރު ކުރިއަށް ދަނީ ހިއްކި ސަރަހައްދު ލެވެލްކުރުމުގެ މަސައްކަތެެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް އިބްރާހީމް ސޯލިހް އައްޑޫ އަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުގައި މި މަހުގެ 3 ވަނަ ދުުވަހުއެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ނެދަލޭންޑްސްގެ އޫޑް ޑްރެޖިންއާ ހަވާލުކުރީ މާޗް 27، 2022 ގައެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މި މަޝްރޫއާއެކު ކުރިއަށް އޮތް50 އަހަރަށް އެ އަތޮޅުގެ ބިމުގެ ދަތިކަން ހައްލުވެ، މުޅި އަތޮޅުގެ އިގްތިސާދު ކުރިއަރައިގެން ދާނެ މަޝްރޫއެއް ކަމުގައި ބުނެފައެވެ.