ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުަރައްވާފައިވާ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވައިފައިވާ، އަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން ގައުމީ ދިދަ ތިން ދުވަހުގެ މުއްދަތައް ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

އަބްދުﷲ ޖަމީލް އަވަހާރަވީ ދުވަސްކޮޅަކު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖޫން 12 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު. 13:00 އިން ފެށިގެން ޖޫން 15 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 13:00 އާއި ހަމައަށް، ތިންދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަބްދުﷲ ޖަމީލް އަކީ މޭއި 6، 1953 އިން ފެށިގެން، 54 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށާ ދިވެހި ގައުމަށް ވަރަށް އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. މި ގޮތުން އަބްދުﷲ ހަމީދު ވަނީ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހަށް ކުރެއްވި އަބްދުﷲ ޖަމީލް ވަނީ ހަ މިނިސްޓްރީއެއްގެ މިނިސްޓަރުކަން ކުރައްވާފައެވެ.