ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އަށް ދިން ހަމަލާ އާ ގުޅިގެން ރަޝީޔާގެ ވެރިރަށް މޮސްކޯގައި ޑްރޯން ބޭނުންކުރުން މަނާކޮށްފިއެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރަށް އަމާޒުކޮށް ފޮނުވާލި ދެ ޑްރޯން ސިފައިން ވައްޓާލާފައިވާ އިރު މިއީ ޔޫކްރެއިން އިން ރަޝީއާގެ ރައީސް ޕުޓިން އަވަހާރަ ކޮށްލުމަށް ދީފައިވާ ހަމަލާއެއް ކަމުގައި އެ ގައުމުން ވަނީ ބުނެފައެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރުން ބުނީ މި ހަމަލާ ދިން ވަގުތު ރައީސް ގަނޑުވަރުގައި ނޫޅުއްވާ ކަމަށާއި މިހަމާލާގައި ގަނޑުވަރަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އެހެންނަމަވެސް ސިފައިން ގޮއްވާލި ޑްރޯންގެ ބައިތައް ގަނޑުވަރު ތެރެއަށް ވެއްޓިފައި ވާކަމަށް ރިޔާސީ ގަނޑުވަރުން ވަނީ ބުނެފައެވެ.

https://youtu.be/j8vLqQYWfcE

ޑްރޯން ބޭނުންކޮށްގެން ރަޝީއާގައި ދޭން އުޅުނު ނިރުބަވެރި ހަމަލާއާ ގުޅިގެން ވެރިރަށް މޮސްކޯގައި ޑްރޯން ބޭނުންކުރުން މަނާކޮށް ގަވައިދާ ހިލާފަށް ޑްރޯން ބޭނުންކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ދެން މޮސްކޯގައި ޑްރޯން ބޭނުން ކުރަން ހުއްދަ ދޭނީ ހަމައެކަނި ސަރުކާރުގެ މުހިންމު ބޭނުންތަކަށް ކަަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕުޓިން ދިރިއުޅުއްވާ ކްރެމްލިންއާ އެހާ ކައިރި އަށް ޑްރޯނެއް ދަތުރުކޮށްފައި ދިއުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ. އަދި ރަޝީއާއިން މި ހަމަލާ އަކީ ޔޫކްރެއިން އިން ދޭން އުޅުނު ހަމަލާއެއްކަމަށް ތުހުމަތުކޮށްފައި ވާއިރު، ޔޫކްރެއިން އިން ވަނީ އެކަމުގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނުވާނެކަމަށް ބުނެފައެވެ.

2 ޑްރޯނެއް ވައްޓާލި އިރު އެއް ޑްރޯން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގުއްބުގައި ޖެހި ގޮވާފައެވެ. މި ކަމުގައި ރަޝިއާގެ ނުސީދާ ތުހުމަތު އެމެރިކާ އަށް ވެސް ކޮށްފައި ވާ އިރު އެގައުމުން ވެސް ބުނެފައި ވަނީ އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.