ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ތާރާ ސުތައިރާ ރާއްޖެ އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި ތާރާ ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފައިވަނީ ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައެވެ. ރިސޯޓުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމް ފީޑަށް ލަމުން ތާރާ ބުނީ ރާއްޖެ އަކީ އޭނާ އަށް އެންމެ ކަމުދާ މަންޒިލްކަމަށެވެ. އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ސީފުޑް ކަނިކޮށް ނަގާފައިވާ ފޮޓޯތަކެއްވެސް ހިއްސާކޮށްފައެވެ.

ތާރާ ރާއްޖެ އައިސްފައިވަނީ އޭނާގެ އެއްމާބަނޑު ދައްތަ ޕިއާ ސުތައިރާ އާއި އެދެމީހުންގެ އެކުވެރިންނާއެކުގައެވެ. މީގެ ކުރިންވެސް ތާރާ ރާއްޖެ އައިސްފައިވާއިރު ތާރާ އަކީ ރާއްޖެ އާއި ވަރަށް ގާތް ބަތަލާ އެކެވެ.

މިހާތަނަށް ފަސް ފިލްމު ކުޅެފައިވާ ތާރާ އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ނެޓްފްލިކްސްގައި ސްޓްރީމް ކުރި ފިލްމު "އޭކް ވިލަން 2" އެވެ. އެ ފިލްމުގައި އޭނާ ފެނިގެންދިޔައީ ދިޝާ ޕާޓްނީ، އަރުޖުން ކަޕޫރު އަދި ޖޯން އަބްރަހަމް އާއެކުގައެވެ. ބަތަލާ ތާރާ ސުތައިރާ އަތުގައި މިވަގުތު ދެ ޕްރޮޖެކްޓެއް އެބައޮތެވެ. ނަމަވެސް އެ ދެ ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.