ޒުވާން ވިޔަފާރިވެރިޔާ އަދި ސޯޝަލް މީޑިއާގައި ނުފޫގަދަ ސެލެބްރިޓީ ކައިލީ ޖެނާ ސިންގަލް ވެއްޖެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ކައިލީ އާއި އޭނާގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓް އެކުގައި އުޅުމަށްފަހު ރުޅިވިއިރު މިއީ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ރުޅިވި ދެވަނަ ފަހަރެވެ. ރިޕޯޓްތައް ބުނާގޮތުގައި އާ އަހަރާއި ކްރިސްމަސްގެ ޗުއްޓީ ދެމީހުން އެކީގައި ހޭދަކުރުމަށް ނިންމާފައި ވަނިކޮށް ދެމީހުންގެ ދެމެދުގައި މައްސަލަޖެހިގެން ޗުއްޓީ ފާހަގަކޮށްފައި ވަނީ ދެ މީހުންވެސް ވަކިން ކަމަށެވެ. އަދި އޭގެ ފަހުން ދެމީހުންގެ ގުޅުން ނިންމާލީ ކަމަށެވެ. ކައިލީ އާ އަހަރު ފާހަގަކޮށްފައިވަނީ އޭނާގެ ކޮއްކޮ ކެންޑަލް ޖެނާ އާއި އޭނާގެ ބެސްޓްފްރެންޑް ހެއިލީ ބީބާ އާއި އޭނާގެ ފިރިމީހާ ޖަސްޓިން ބީބާ އާއެކުގައެވެ.

ހަބަރުތައް ބުނާގޮތުގައި ކައިލީ އާއި ޓްރެވިސް ރުޅިވި ނަމަވެސް ދެމީހުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ދެމީހުންނަށް ލިބިފައިވާ ދެ ދަރިން ބަލާނީ އެކުގައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ. ކައިލީ އާއި ޓްރެވިސް އެންމެ ފުރަތަމަ ދިމާވީ 2017 ވަނަ އަހަރު. ގައެވެ. އޭގެ ފަހުން ދެމީހުން ލޯބިވެގެން ރަށްޓެހިވިއިރު އެމީހުން ރުޅިވެފައި ވަނީ 2019 އަހަރުއެވެ. އަނެއްކާވެސް އޭގެ އަހަރެއްފަހުން 2020 ވަނަ އަހަރު ދެމީހުން ގުޅުނެވެ.

މި ގުޅުމަށް ދެދަރިން ވަނީ ލިބިފައެވެ. އެއީ ހަތަރު އަހަރުގެ ސްޓޯމީ އާއި އަހަރުނުވާ ފިރިހެން ކުއްޖެކެވެ.