ސްޓާޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސިލްސިލާ "ސާތު ނިބާޔާ ސާތިޔާ" ގައި ގޯބީ ބަހޫ ރޯލުން ފެނިގެން ދިޔަ ޓީވީ އެކްޓަރު ޑެވޮލީނާ ބަޓަޗަރްޖީ ކައިވެނިކޮށްފި އެވެ.

އުމުރުން 37 އަހަރުގައި ޑެވޮލީނާ ކައިވެނި ކުރީ ޖިމް ޓްރެއިނަރު ޝާހްނަވާޒް ޝައިހާ އާއެވެ. ޝާހްނަވާޒަކީ ޑެވޮލީނާގެ ޖިން ޓްރެއިނަރުވެސް މެއެވެ. ކައިވެނީގެ ތައްޔާރީތައް އިންސްޓަގްރާމުގައި ހިއްސާ ކުރަމުން އައި ޑެވޮލީނާ ޝާހުގެ އެއްވެސް ފޮޓޯ އެއް ޕޯސްޓް ކޮށްފައެއް ނުވެއެވެ.

ކައިވެންޏަށް ފަހު ނަގާފައިވާ ފޮޓޯތައް ޑެވޮލީނާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކޮށްފައެވެ. ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 13 ގައި ވާދަކުރި އެކްޓްރަސް ޑެވޮލީނާގެ ކައިވެނި ހަފްލާ ވަރަށް ސިމްޕަލްކޮށް ބޭއްވިއިރު އެ ހަފްލާ އަށް ދައުވަތު ދިނީ ގާތް އެކުވެރިންނަށާއި ދެފަރާތުގެ އާއިލާ އަށް އެކަންޏެވެ.

ސްޓާޕްލަސް އިން "ސާތު ނިބާޔާ ސާތިޔާ" ދެއްކީ 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން މި ސީރީޒްގެ ދެވަނަ ބައި ދައްކަން ފެށިއިރު އެ ބައި ގައި ވެސް ޑެވޮލީނާގެ ފެނިލުމެއް ވެއެވެ. އޭނާ ހަރަކާތްތެރިވި ބައެއް ޓީވީ ޑްރާމާ ތަކުގެ ތެރޭގައި "ދިޔާ އޯރް ބާތީ ހަމް"، "ތޭރޭ ޝެހެރް މެއިން" އަދި "ޔޭ ހޭ މޮހޮއްބަތައިން" ހިމެނެއެވެ.