އާދަޔާ ހިލާފު ކުއްޖެއް މެކްސިކޯ އަށް އުފަންވެއްޖެއެވެ.
މެކްސިކޯ އަށް އުފަން މި ކުއްޖާ އުފަންވީ ދެ އިންޗި ނިގުލަކާއެކުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަންހެން ކުއްޖާ އުފަންވީ ސީ ސެކްޝަން މެދުވެރިކޮށެވެ. ކުއްޖާ އުފަންވީ ދުވަސްފުރާ ފުރިހަމަވެގެންނެވެ. ޑޮކްޓަރުންނާ ހަވާލާދީ ބޭރުގެ ނޫހަކުން ބުނީ ކުއްޖާ އަށް ބަނޑުބޮޑު އިރު ސްކޭންތައް ހެދިއިރު އެކަހަލަ އެއްވެސް މައްސަލައެއް ސްކޭނުން ނުފެންނަ ކަމަށެވެ.
ޑަކްޓަރުން ބުނީ އެ ނިގުލަކީ ހަމަ ހުސް މަސްގަނޑެއް ކަމަށާއި ނިގުލުގައި އެއްވެސް ކަހަލަ ކަށްޓެއް ނެތް ކަމަށެވެ. އަދި ކުއްޖާ ވިހޭތާ ދެ މަސްވީތަނާ ކުޑަކުޑަ އޮޕަރޭޝަނަކުން އެ ނިގޫ ނަގާފައިވާ ކަމަށާއި އޮޕަރޭޝަން ކުރި ދުވަހު އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮޕަރޭޝަނަށް ފަހު ކުއްޖާގެ ހާލަތު މުޅިން ރަނގަޅުކަމަށެވެ.
ނިގޫ އާއެކު ކުދިން ދުނިޔެއަށް އުފަންވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. 2017 ވަނަ އަހަރާއި ހަމައަށް ނިގޫ އާއެކު އުފަންވީ ކުދިންގެ އަދަދަކީ 195 ކުދިންނެވެ. އުފަންވީ ކުދިންގެ ތެރެއިން އެންމެ ނިގޫ ދިގު ކުއްޖާ ގެ ނިގޫ ގައި ހުރީ 20 ސެންޓިމީޓަރެވެ. އެއީ 7.9 އިންޗެވެ.