ކެންސަރަށް ޑައިގްނޯސްވިތާ ދެދުވަސްފަހުން ހަތަރު ކުދިންގެ މަންމަ އެއް މަރުވެއްޖެއެވެ.

ޖެނިސް ކެސެޑީ 46، ނަމަކަށް ކިޔާ މި އަންހެން މީހާ މަރުވީ ކަށީގެ ކެންސަރު އަދި ފުރަމޭ ކެންސަރަށް ޑައިގްނޯސް ކުރިތާ ދެދުވަސް ފަހުންނެވެ. ޖެނިސް މަރުވީ އޭނާގެ އަލަތު މާމަ ދަރިފުޅު ދުނިޔެއަށް އުފަންވާން ތައްޔާރުވެފައި ވަނިކޮށެވެ. ޖެނިސްގެ ދަރިފުޅު ލައުރާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޖެންޑާ ރިވީލިން ޕާޓީ ބޭއްވި ދުވަހު މަންމަ އުފަލުން ފޮޅިފައި ހުރި ކަމަަށާއި މާމަ ދަރިފުޅާ ބައްދަލުވާން ކެތްމަދުވެފައި ހުރިކަމަށް ބުނިކަމަށެވެ.

ލައުރާ ބުނީ މަންމަ އަކީ ސިއްހީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫންކަމަށާއި މަންމަ ބަލިވާން ފެށީ މަރުވިތާ ތިން ހަފްތާއެއް ވަރުކުރިންކަމަށެވެ.

"ފަހުން ފަހުން އުޅުނީ އަބަދުވެސް ތަނެއްގައި ރިއްސާތީ. ވޭން އަޅާތީ. ކުޑަމިނުން ކާއެތިކޮޅެއް ދިރުވާލަންވެސް މަންމަ އަށް އުނދަގޫ. ހިނގާލާފައި ކުރިއަށް ތިން ފިޔަވަޅުވެސް ނޭޅޭ،" ލައުރާ ބުންޏެވެ.

ލައުރާ ބުނީ އެކަމާ ކަންބޮޑުވެ ބިރުގަންނަ ވާހަަކަ މަންމަ ބުނިކަމަށާއި ވަގުތުން މަންމަ ޑަކްޓަރަށް ދައްކަން ގެންދިޔަ ކަމަށެވެ. ޓެސްޓުތައް ހެދުމަށްފަހު ރިޕޯޓް ބެލުމަށްފަހު ރިޕޯޓްގެ ނަތީޖާ ރަނގަޅު ނޫންކަމަށް ޑަކްޓަރުން ބުނިކަމުގައި ވީނަމަވެސް ކެންސަރު ޖެހިފައި ހުންނާނެއޭ ހިތަށް ވެސް ނާރާ ކަމަށެވެ. އޭނާ ބުނީ އެއްރޭ ދަންވަރު ޑަކްޓަރުގެ ފޯނު ކޯލެއް އޭނާ އަށް ލިބުނު ކަމަށާއި އެ ފޯނު ކޯލުން އޭނާގެ މުޅި ދިރިއުޅުން ބަނަވިކަމަށެވެ.

މަންމަ މަރުވިއިރު މަންމަ ގާތު ހުރީ އޭނާ ކަމަށާއި އެވަގުތު ކޮޅަކީ ވަރަށް ބިރުވެރި ވަގުތުކޮޅެއް ކަމަށް ލައުރާ ބުންޏެވެ. ކުއްލިގޮތަކަށް މަންމަ މަރުވުމުން އެކަން އަދިވެސް ނަގައިގަންނަން އުނދަގޫ ކަމަށާއި ނަމަވެސް ހަގީގަތް އަވަހަށް ގަބޫލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ބުންޏެވެ.