ދިއްލީ އިން ޕަޓްނާ އަށް ފުރި އިންޑިގޯ އެއާލައިންސް ގައި އިން އަންހެނަކަށް ހާޓްއެޓޭޖެއް ޖެހިއްޖެއެވެ.

އުމުރުން 59، އަހަރުގެ ސުމަން އަގަރްވާލު އަށް ގޮތްތަކެއް ވާން ފެށީ ފްލައިޓް ނައްޓާލިތާ 35 މިނެޓު ފަހުން ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓްކޮށްފައި ވެއެވެ. އެ ނޫހުން ބުނީ ސުމަންގެ ހެޔަށް ގޮތެއްވެ އޭނާ ވެއްޓުނީ ކަމަށާއި ވަގުތުން ވަގުތަށް ފްލައިޓުގައި ތިބި މީހުންނަށް އެކަން އެންގީ އެތަނުގައި ސިއްހީ އެހީތެރިން ތިބިތޯ ބެލުމަށެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު ފްލައިޓުގައި ހަތަރު ޑޮކްޓަރުން ތިއްބެވެ.

ސުމަން އަށް ފަރުވާދިން ޑރ އަބީޝޭކް ކުމާރު ސިންހާ ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފްލައިޓަށް އެރުމުގެ ސަބަބުން އޭނާ ހާސްވެ ޝޮަކަކަށް ދިޔަ ކަމަށާއި އޭގެ ސަބަބުން އޭނާ އަށް ހާޓްއެޓޭކެއް ޖެހުނީ ކަމަށެވެ. ބްލަޑް ޕްރެޝަރު ބެލޭނެ އެއްވެސް ގޮތެއް އެވަގުތު ނެތުމުން އެއާހޮސްޓެސް އަށް ގޮވާ ފެނަށް ހަކުރު އަޅައިގެން ގެންނަން އެންގި ކަމަށް އޭނާ ބުންޏެވެ.

ވަގުތުން ސުމަން އަށް އޮކްސިޖަން ދިން ކަމަށާއި ފްލައިޓު ޕަޓްނާ އަށް ޖެއްސުމުގެ ކުރިން ސުމަން ހޭއެރި ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައި ވެއެވެ. އިންޑިގޯ އެއާލައިންސްގެ އޮފިޝަލަކު ބުނީ ޕަޓްނާ އަށް ފްލައިޓް ޖައްސަން އޮތް 25 މިނެޓު ކުރިން ފްލައިޓް ޖެއްސުނު ކަމަށެވެ. ފްލައިޓް މަތީ ސިއްހީ ކުއްލި ކަމެއް މެދުވެރިވުމުން ޕަޓްނާގެ އެއާ ޓްރެފިކް އަށް އެކަން އެންގުމުން އެންމެ ފުރަތަމަ އިސްކަން ދިނީ އިންޑިގޯގެ ފްލައިޓަށް ކަމަށް އޭނާ ބުންޏެވެ.

ފްލައިޓް ޖެއްސިއިރު ޕަޓްނާގެ ހޮސްޕިޓަލެއްގެ އެމްބިއުލެންސް އާއި ސިއްހީ އެހީތެރިން އެތަނަށް ހާޒިރުވެ ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.