މީހެއްގެ ކަރުގައި ބުލެޓެއް (ބަޑީގެ ވަޒަނެއް) އިން ކަން 77 އަހަރު ފަހުން އެނގިއްޖެއެވެ.

ޒަހޯއީ 95އ، ނަމަކަށް ކިޔާ މި ފިރިހެން މީހާ އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ހަނގުރާމަ އަށް ނުކުތް މީހެެކެވެ. ހަނގުރާމައިގެ ތެރެއިން އޭނާ ވަރަށް ބޮޑަށް ޒަހަމް ވެ އޮޕަރޭޝަން ކޮށް ފަރުވާވެސް ކުރިއެވެ. ނަމަވެސް މުޅި އާއިލާ ހައިރާންކޮށްލީ ދާދިފަހުން އޭނާ ހެދި ބޮޑީ ޗެކްއަޕަކުން ކަރުގައި ބުލެޓް ވަދެ ހަރުލާފައި އިންތަން ފެނުމުންނެވެ.

އޭނާގެ ދަނބިދަރި ބުނީ ކަރުގެ އެކްސްރޭ އެއް ހެއްދިއިރު ބަފައިބެގެ ކަރަށް ވަދެ ތާށިވެފައި އިން ބުލެޓެއް ފެނުނު ކަމަށެވެ. އަދި މިވީ ޒަމާންތަކުގައި އެ ބުލެޓް އެހެން އިނދެގެން އެއްވެސް ތަދެއް ގެއްލުމެއް ބަފައިބެއަށް ނުވާ ކަމަށެވެ. އެހެންވެ ޑަކްޓަރުންގެ ލަފައާއެކު އޮޕަރޭޝަން ކޮށް އެ ބުލެޓް ނުނަގާނެ ކަމަށެވެ.

"ބުލެޓް އިނީ ކަރުގެ ވަރަށް ނާޒުކު ހިސާބެއްގައި. ބައްޕައަށް އެއްވެސް ގެއްލުމެއް ނެތް އެ ބުލެޓް އިނަސް. އެހެންވެ އޮޕަރޭޝަނެއް ނުކުރަން. އެއީ އޮޕަރޭޝަނަކީ ވަރަށް ރިސްކީ އޮޕަރޭޝަނެއް،" ދަނބިދަނރި ބުންޏެވެ.

ޒަހޯއީ ޗައިނާގެ އާމީ އާއި ގުޅުނީ އޭނާގެ ޓީނޭޖް ދުވަސްވަރުއެވެ. އޭނާ ވަނީ އޭނާގެ ކެރިއަރުގައި ދެ ބޮޑު ހަނގުރާމައެއް ކޮށްފައެވެ. އެއީ 1950 އަހަރުތަކުގައި ނޯތު ކޮރެއާ އާއި ސައުތް ކޮރެއާ އާ ދެމެދު ކުރި ހަގުރާމަ އާއި ހަމަ އެއަހަރު ނޯތު ކޮރެއާ އާއި ޔޫއެސް އާ ކުރި ހަނގުރާމައެވެ.