އިއްޔެ އުމުރުން 57 އަހަރު ފުރުނު ބޮލީވުޑްގެ ރަސްގެފާން ޝާހްރުކްހާން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ޕަތާން"ގެ ޓީޒާ ރިލީޒް ކޮށްފިއެވެ.

ޝާހުގެ އުފަންދުވަހާ ދިމާކޮށް މި ފިލްމުގެ ޓީޒާ ނެރުނުއިރު ފިލްމުގައި ޝާހް އާއެކު ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ ބަތަލާ ދީޕިކާ ޕަޑުކޯން އާއި އެކްޓަރު ޖޯން އަބްރަހަމްއެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި ފިލްމުގެ ޝޫޓިންތައް ފެށިއިއިރު ފިލްމުގު ޝޫޓިން ވަނީ ނިންމާލާފައެވެ. އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓްކުރަނީ ސިދާތު އާނަންދުއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އިނގިރޭސިވިލާތުގެ އިތުރުން މުމްބާއީގައެވެ. ވަރުގަދަ ތަރިންނާއެކު ފެނިގެންދާ މި ފިލްމަކީ އެކްޝަން ތްރިލާއެވެ. ރިވެންޖް ސްޓޯރީ އަކަށް ބިނާކޮށް އުފައްދާ މި ފިލްމުކުޅުމަށް ޝާހްރުކްގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެއްސައެވެ.

ޝާހް އާއި ޖޯން އާއެކީ މަސައްކަތްކުރާ މި ފިލްމުގެ ވިލަން އަކީ ޖޯންއެވެ. ބަތަލާ ދީޕިކާ ބޮލީވުޑަށް ތައާރަފްވީ ޝާހްރުކް ހާން އާއެކު ފިލްމު "އޯމް ޝާންތި އޯމް" އިންނެވެ. 2007 ވަނަ އަހަރު ނުކުތް އެ ފިލްމަށް އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބުނުއިރު އެ ފިލްމުކުޅެގެން ދީޕިކާ ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެގެން ގޮއްސައެވެ. ޕަތާން އަކީ ދީޕިކާ އާއި ޝާހްރުކް އެކުގައި ކުޅޭ ހަތަރު ވަނަ ފިލްމެވެ.