ހަތްދިހަ އަށް އަހަރުގެ ފިރިހެނަކު 18 އަހަރުގެ އަންހެނަކާ ކައިވެނިކޮށްފިއެވެ.

ފިލިޕީންސްގައި ދިރިއުޅޭ މި ދެމީހުންނަކީ ލޯބިވެރިންނެވެ. އަންހެން ކުއްޖާގެ އުމުރުން 15 އަހަރުން ފެށިގެން މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރީ އަންހެން ކުއްޖާ އަށް 18 އަހަރު ވުމުންނެވެ. 60 އަހަރުގެ ތަފާތެއް ހުރި މި ދެމީހުންގެ ގުޅުމަށް ދެފަރާތުގެ އާއިލާއިން ވެސް ރުހި ގަބޫލެވެ. ރާޝިދު ނަމަކަށް ކިޔާ މި ފިރިހެން މީހާ އަކީ ދުވަހަކުވެސް ކައިވެންޏެއް ކޮށް ލޯބިވެރިއެއް ވެސް ގެންގުޅުނު މީހެއް ނޫނެވެ. އޭނާގެ ހަޔާތުގައި ވެސް ގުޅުނީ އެންމެ އަންހެނަކާއެވެ. އެއީ މިހާރުގެ އަނބިމީހާ ހަލީމާއެވެ.

ތިން އަހަރުދުވަސް ވަންދެން އެކުގައި އުޅުމަށް ފަހު ކައިވެނި ކުރުމުން ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.

"އެންމެ ފުރަތަމަ ލޯބިވީ ހަލީމާ. ފެނި ދެނިވި ދެމީހުން އަހަރުންނަކީ. އެގޮތަށް ދިމާވެގެން ވާހަކަ ދައްކަމުން އަހަރެންނަށްވެސް ލޯބިވެވުނީ. ވަރަށް އުފާވޭ. އެންމެ އުފާވަނީ ހަލީމާ އަކީ އަހަރެންގެ އަލަތު ލޯތްބަށް ވެފައި ކައިވެނި ކުރެވުނީމަ،" ފިރިހެން މީހާ ބުންޏެވެ.

ފިލިޕީންސްގައި ކައިވެނި ކުރެވޭނީ އުމުރުން 21 އަހަރު ވުމުންނެވެ. ނަމަވެސް 21 އަހަރުވުމުގެ ކުރިން ކައިވެނިކުރަން ބޭނުންވާނަމަ މައިންބަފައިންގެ ހުއްދަ ހޯދަން ޖެހެއެވެ. އެމީހުންގެ އެއްވެސް އިއުތިރާޒެއް ނެތް ނަމަ 21 އަހަރުވުމުގެ ކުރިން ކައިވެނިކުރުން ހުއްދައެވެ.