އަނބިމީހާ އިރްމާ ގާސިއާ ބަޑި ޖެހުމުގެ ހާދިސާއެއްގައި މަރުވުމުން ހިތަށް ފުން އަސްރުތަކެއް ކޮށް އޭނާގެ ފިރިމީހާ ޖޯ ގާސިއާ އަށް ހާޓްއެޓޭކެއް ޖެހި މަރުވެއްޖެއެވެ.
މިދިޔަ ޖޫން މަހު ހިނގި މިހާދިސާގައި ޖޯ މަރުވީ އޭނާގެ ލޯބިވާ އަނބިމީހާގެ ޖަނާޒާގެ ކަންތައްތަކުގައި އަވަދިނެތި އުޅެމުން ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހިގެންނެވެ. ފިރިމީހާ ޖޯ މަރުވުމާއެކު ދެމީހުންގެ ޖަނާޒާ ވަނީ އެއްކޮށް ބާއްވާފައެވެ. އަނބިމީހާ މަރުވުމުން ޖޯ މާޔޫސްވެ ޑިޕްރެޝަން ހާލަަތަށް ވެއްޓުނު ކަމަށާއި އަބަދު ކުރާ ކަމަކީ ހިތާމަކުރުން ކަމަށް ޖޯ ގެ އާއިލާ އިން ބުންޏެވެ. އިރްމާ ގަޔަށް ބަޑިޖަހާ މަރާލިތާ ދެ ދުވަސް ފަހުން ޖޯ މަރުވިއިރު ދެމީހުން ވަޅުލީ ވެސް ކައިރި ކައިރީގައެވެ. އިރްމާ މަރުވީ އެމެރިކާގެ ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައެވެ. އެ ހާދިސާގައި ވަނީ ޖުމްލަ 21 މީހުން މަރުވެފައެވެ.
އިރްމާ އާއި ޖޯ އަަކީ ހައި ސްކޫލުން ފަށައިގެން އެއްކޮށް ދިރިއުޅެމުން އައި ދެމީހުންނެވެ. ސްކޫލު އިރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރިއިރު މި ދެމީހުން މަރުވީ ދެމީހުންގެ ކައިވެންޏަށް 24 އަހަރުވެފައި ވަނިކޮށެވެ. އެމީހުންގެ މަރުވީ ދެމީހުންގެ ކައިވެންޏަށް 25 އަހަރު ފުރެން އެއްމަސް ވެފައި ވަނިކޮށެވެ. އިރްމާ އާއި ޖޯގެ ކައިވެންޏަށް ޖުމްލަ ހަތަރު ދަރިން ވަނީ ލިބިފައެވެ.