ބޮލީވުޑްގެ ފިލްމުތަކުން ޖާގަ ހޯދަމުން އަންނަ މަގްބޫލު އެކްޓްރަސް ސަނީ ލިއޯން ރާއްޖެ އަތުވެއްޖެއެވެ.
ސަނީ އަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ތަރިއެކެވެ. އޭނާ ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. މީގެ ދެ ދުވަސް ކުރިން ސަނީ ރާއްޖެ އައިކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައެވެ. ފުރަވެރި ރިސޯޓުގެ ހިތްގައިމު މާހައުލުގައި ސަނީ ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތުގެ ވީޑިއޯ އާއި ފޮޓޯ އަންނަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އޭނާ ރާއްޖެ އައީ ފިރިމީހާ އާއި ތިން ދަރިންނާއެކުގައެވެ.
އިންސްޓަގްރާމްގައި ވީޑިއޯއެއް ހިއްސާކުރަމުން ސަނީ ބުނީ ރާއްޖެ އަކީ އޭނާއަށް އެންމެ ކަމުދާ މަންޒިލް ކަމަށެވެ. އަދި ރާއްޖެ ދެކެ އޭނާ ވަރަށް ލޯބިވާކަމަށެވެ. ބަތަލާ ސަނީ ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނެރުނު ތުރިލާ ފިލްމު "ޖިސްމު 2" އިންނެވެ. އެ ފިލްމުންވެސް ގިނަ ބައެއްގެ ސަމާލުކަން ސަނީ އަތުލައިގަތެވެ. އޭނާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ރާގިނީ އެމްއެމްއެސް 2" އަދި "ވަން ނައިޓް ސްޓޭންޑް" ހިމެނެއެވެ.
ސަރޮގެސީ މެދުވެރިކޮށް ސަނީ އަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނުއިރު އޭނާ ވަނީ 2017 ވަނަ އަހަރު އަންހެން ކުއްޖެއް ވެސް އެޑޮޕްޓްކޮށްފައެވެ. އެކުއްޖާ އަކީ މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރު އަވަށަށް ނިސްބަތްވާ އުމުރުން ދެ އަހަރުގެ ކުއްޖެކެވެ.
މީ ޕޯންސްޓާރެއް.