ކަލާޒް ޓީވީގެ މަގްބޫލު ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގެ ޕްރޮމޯ ދައްކާލައިފިއެވެ.

ކަލާޒް ޓީވީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި މި ފަހަރު ސީޒަންގެ ޕްރޮމޯ އާންމުކުރި ކުރި ޕްރޮމޯގައި ސަލްމާން ބުނީ ވޭތުވެދިޔަ 15 ސީޒަން ގައި ވެސް ބައިވެރިން އުޅުނު ގޮތް ބިގް ބޮސް ބަލަން ހުރީ ކަމަށާއި ނަމަވެސް މިފަހަރު ބިގް ބޮސް ވެސް މި ސީޒަނުގައި ފެނިގެންދާނެކަމަށެވެ. ބިގް ބޮސް ގެ ޕްރޮމޯ އާންމުކުރި ނަމަވެސް މި ޝޯ ދައްކާނެ އިރެއް އަދި ހާމަކޮށްފައެއްނުވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި މި ސީޒަން މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ދައްކަން ފަށާނެއެވެ.

މިފަހަރުގެ ސީޒަނުގައި ބައިވެރިންގެ ނަންތައް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ބައެއް ޚަބަރުތަކުން ވަނީ މި ސީޒަނުގައި ބައިވެރިވާނެ މީހުންގެ ނަންތައް ހާމަކޮށްފައެވެ. އެއީ ޖަންނަތު ޒުބައިރު، ފައިސަލް ޝެއިހް، ކަނިކާ މަން، މުނައްވަރު ފާރޫގު، ޕޫނަމް ޕާންޑޭ، ޓީނާ ދައްތާ، ސަނަޔާ އިރާނީ އަދި ޝިވިން ނާރަންގުއެވެ.

ބިގް ބޮސް ގެ 15 ވަނަ ސީޒަން ކާމިޔާބު ކުރީ ކަލާޒް ޓީވީ އިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ނާގިން 6" ގެ ބަތަލާ ތޭޖާސްވީ ޕްރަކާޝް އެވެ.

ދެހާސް ހަޔަކުން ފެށިގެން ކަލާޒް އިން ބިގް ބޮސް ދައްކަމުން އަންނަ އިރު ފުރަތަމަ ސީޒަންގެ ހޯސްޓަކީ ބޮލީވުޑް ތަރި އަރްޝަދު ވާސީ އެވެ. ސީޒަން ހަޔަކުން ފެށިގެން މި ޝޯ ހޯސްޓްކޮށްދެމުން އަންނަނީ ބޮލީވުޑްގެ ކާމިޔާބު ތަރި ސަލްމާން ހާން އެވެ. ސަލްމާންގެ ކުރިން މި ޝޯ ހޯސްޓްކުރި ތަރިންނަކީ އަމީތާބް ބަޗަން، ޝިލްޕާ ޝެޓީ، ސަންޖޭ ދަތު އަދި ފަރާ ހާންއެވެ.