ބަންގްލަދޭޝް ގެ ރައްޔިތެއް ކަމަށް ވާ އެމްޑީ އަލަމްގިރް (އަލަމްގިރި) އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ވާ 4 މީހަކަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ބަނގްލަދޭޝް ރައްޔިތަކާއި އިތުރު ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ ކުރަން މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލި 4 މީހުންނަކީ؛

  • ގާނޫނީ ވަކީލު ނާޒިމް ސައްތާރު
  • މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު
  • ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއު
  • އެމްޑީ އަލަމްގީރް

މި 4 މީހުން ބަންދު ކޮށްފައި ބޭތިއްބުމަށް ފަހު އަލަމްގިރި ނޫން ދެން ތިބި 3 މީހުން ވަނީ ދޫކޮށްލާފައެވެ. ތިން މީހުން ދޫކޮށްލާފައި ވަނީ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވުމުންނެވެ. އެ މީހުން ދޫކޮށްލާފައި ވާއިރު، އެ މީހުންނަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ އޮގަސްޓް 9، 2022 ގައެވެ.