އިންގްލޭންޑްގެ ޓައުންޓަން އަށް ނިސްބަތްވާ ކެރަން އެއްމާބަނޑު ތިން ކުދިން ވިހައިފިއެވެ.

އޭނާ އެއްމާބަނޑު ތިން ކުދިން ވިހޭނަމަވެސް ކޮންމެ ކުއްޖެއްގެ އުމުރުގެ ތަފާތުގައި ދެއަހަރު އެބަހުއްޓެވެ. ކެރަން އާއި އޭނާގެ ފިރިމީހާ ޖޭމްސް އަށް އައިވީއެފް މެދުވެރިކޮށް ތިން ކުދިން ލިބުނި އިރު އޭގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ވިހެއީ 2018 ވަނަ އަހަރުއެވެ. ކެމޮރަންގެ ނަމުން ނަންދީފައިވާ މި ކުއްޖާ އަށް ފަހު ކެރަން އޭނާގެ އަންހެން ދަރިފުޅު އިޒަބެއްލާ ވިހެއީ 2020 ވަނަ އަހަރުގައެވެ. އަދި ތިން ވަނަ ދަރިފުޅު ގެބްރިއެއްލާ ވިހެއީ މިދިޔަ މަހުގައެވެ.

ކެރަން އާ ޖޭމްސް ބުނީ މި ތިން ކުދިންނަކީ އެކި އަހަރު ވިހާފައިވާ ކުދިންނަށް ވީނަމަވެސް އެއްމާބަނޑު ތިންކުދިން ކަމަށެވެ. ސަބަބަކީ އެ ތިން ކުދިންނަކީ ވެސް އެއް ބެޗެއްގެ އެބްރޯއީސް އަށް ވުމުން ކަމަށެވެ. ދެމަފިރިންގެ އަލަތު ދަރިފުޅު ކެމޮރަން ވިހެއުމަށް ފަހު އެމްބްރޯއީސްތައް ގަނޑުކުރަން ބެހެއްޓީ ފަހުން ދަރިން ހޯދަން ކަމަށް ވެސް އެމީހުން ބުނެއެވެ. އަދި އޭގެ ދެ އަހަރު ފަހުން ދެމަފިރިންނަށް ގެބްރިއެއްލާ ލިބުނެވެ.

ކެރަން ބުނީ އެއްމާބަނޑު ތިން ކުދިން ލިބުމުން ދެމަފިރިންގެ ހަޔާތް އިތުރަށް އުޖާލާވެއްޖެ ކަމަށާއި އޭނާ އަކީ ނަސީބުވެރިއެއް ކަމަށެވެ.

"ބައެއް މީހުންނަށް އައިވީއެފް މެދުވެރިކޮށް ދަރިންނެއް ނުލިބޭ. އެކަމަކު އަހަރެންނަށް ތިން ދަރިން ލިބިއްޖެ. މިއީ އަހަރެންގެ ނަސީބު،" ކެރަން ބުންޏެވެ. އޭނާ ބުނީ ތިން ދަރިންނާއި ފިރިމީހާ އާއެކު އޭނާގެ ދިރިއުޅުން ފުރިހަމަވެއްޖެ ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު އެދެމީހުން ކައިވެނިކުރި އިރު ކެރަން އޭރު ބަނޑުބޮޑު ނުވީ އޭނާގެ ފާޓިލިޓީ މައްސަލައެއް ހުރުމުންނެވެ.