100 އިން ދަށުގައި އޮތުމަށް ފަހު އެ ގައުމުގައި ދުވާލެއްގެ މައްޗަށް ރެކޯޑް ކުރާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް 1000 އިން މައްޗަށް އަރާފައި ވީ ނަމަވެސް، މާސްކު އެޅުމުގެ އުސޫލުތަކަށް ސައުދީ އަރަބިއްޔާ އިން ލުއި ދީފިއެވެ.

އާ ގަވައިދުގެ ދަށުން، އެތެރޭގެ މާހައުލްތަކުގައި މާސްކު އެޅުމުގެ އުސޫލަށް ލުއި ދީފައި ވީ ނަމަވެސް، މައްކާއާއި މަދީނާގައިވާ މުސްލިމުންގެ މުޤައްދަސް ސައިޓްތަކުގައި މާސްކު އަޅަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި އެކި އިވެންޓްތައް އިންތިޒާމް ކުރާ ފަރާތްތަކުން އެދޭ ކަމުގައި ވަނީ ނަމަ، މާސްކު ލާޒިމު ކުރެވޭ ގޮތަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިލާން ޖެހުނު 2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ގައުމުން ބޭރުން ދަތުރުކުރާ މުސްލިމުންނަށް ޙައްޖުގެ އަޅާ އަދާ ކުރެވޭ ގޮތަށް ސައުދީއިން ހުޅުވާލި ފުރުސަތުގެ ތެރެއިން، ދުނިޔޭގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ބަޔަކު ސައުދީއަށް ޖަމާވަމުން ދާ ދަނޑިވަޅެކެވެ.

މީގެ އިތުރުން ބައެއް ހިދުމަތް ހޯދުމަށް ތަންތަނަށް ވަނުމަށްޓަކާ މޯބައިލް އެޕް މެދުވެރިކޮށް ވެކްސިން ރެކޯޑް ދައްކަންޖެހޭ ޖެހުމަށްވެސް ވަނީ ލުއި ދީފައެވެ. ފާއިތުވީ މަސްތަކުގައިވެސް މިކަންކަން ތަންފީޒު ކޮށްފައި ވަނީ ލުއި ގޮތަކަށް ކަން ފާހަގަ ކުރަން ޖެހެއެވެ.

މި ދުވަސްވަރަކީ މަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު އަނެއްކާވެސް ހަލުވި ދުވެލީގައި ކޮވިޑްގެ ކޭސްތައް، ދުނިޔޭގެ އެކި ހިސާބުތަކުގައި އިތުވަމުން ދާ ދުވަސްވަރެކެވެ. އެގޮތުން އެކުވެރި އަރަބި އިމާރާތަށް ބަލާއިރު، ހަފުތާއަކަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ކޭސް އިތުރުވި މިންވަރު ވަނީ 100 ޕަސެންޓަށް އަރާފައެވެ. މީގެ އިތުރުން އިންޑިއާއިން ކޭސް ފެންނަ މިންވަރު ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވާ އިރު، ރާއްޖެއިން ކޭސް ފެންނަ ނިސްބަތްވެސް އިތުރުވެފައި ވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެސީއިން ވަނީ ހާމަ ކޮށްފައެވެ.