މެލޯ ނުވަތަ އިބްރާހިމް މާހީއަކީ ރާއްޖޭގައި އުޅޭ ހުނަރުވެރި ޕްޓޯގްރާފަރުންގެ ތެރޭގައި ހިމެނޭ އެކަކޭ ބުނުމަކުން މިހާރު ދޮގަކަށް ނުވާނެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްްގެ ލޯބި ލޯދި މާހީ ޕޮޓޯ ނަގަން ޝައުގުވެރިވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާ ފޮޓޯ ނަގަމުން ދިޔައީ ފޯނުން، އޭނާގެ ރަހްމަތްތެރިންނަށެވެ.
އޭރު ފޯނުން ނަގާ ފޮޓޯތަކަށް ވެސް އެތައް ބަޔަކު ތައުރީފު ކުރަމުން ދިޔައިރު އެންމެން ވެސް އޭރު ބުނަމުން ދިޔައީ މިކަން ރަނގަޅަށް ފަށައި، އެކި މުނާސަބަތުތަކަށް ފޮޓޯ ނަގައި ދިނުމަށެވެ.
އެއީ ފެށުމެވެ. މާހީ ބުނާގޮތުގައި މިހާރު އޭނާއަށް އެތައް ބައެއްގެ ތައުރީފު ލިބެއެވެ. ފޮޓޯ ނަގަން އެތައް ފުރުސަތުތަކެއް މިހާރު އޭނާއަށް ލިބެއެވެ.
މާހީ އެންމެ ނަގާ ހިތުން ނަގަނީ ވެޑިން އައުޓް ޑޯ ޝޫޓެވެ.
މާހީ ގަބޫލުކުރާ ގޮތުގައި އޭނާ ހޯދި އެންމެ ބޮޑު ކާމިޔާބަކީ މާލޭގައި ވެޑިން ފޮޓޯ ޝޫޓްތައް ނަގަން ލިބުމެވެ. އަދި އެހެން ފޮޓޯގްރާފަރުންނާއި ވާދަކުރަން އެޕްލެޓްފޯމަށް ނިކުންނަށް ފުރުސަތު ލިބުމަކީ ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ބުނެއެވެ. މިގިތުން މާހީ ވަނީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާއަށް 11 ވެޑިން ފޮޓޯ ޝޫޓް ނަގާފައިވާ ކަން ވެސް ފާހަގަކޮށްފައެވެ.
މާހީ ބުނީ އޭނާއަށް ފުރަތަމަ ފޮޓޯ ނަގަން ފުރުސަތުތައް ލިބެނީ ރައްޓެހިންގެ ފަރާތުންނެވެ. އެއަށްފަހު އެފޮޓޯތައް އޭނާ ސޯޝަލް މީޑިއާގައި އަޕްލޯޑު ކުރަން ފެށުމުން ގިނަ ބައެްގެ މެދުގައި މާހީގެ ފޮޓޯތައް ބަލައިގަންނަން ފެށިއެވެ.
މާހީ ބުނީ އޭނާއަށް އެންމެ ސަޕޯޓު ލިބެނީ އޭނާގެ ރަހްމަތްތެރިންގެ ފަރާތުންނެވެ.
އެސްޓީއޯގައި މަސައްކަތްކުރަމުން އަންނަ މާހީ ފޮޓޯ ޝޫޓްތައް ނަގަނީ ހަވީރު ނޫނީ ރޭގަނޑުއެވެ. އޭނާ ބުނާގޮތުގައި އޮފީސް ޑިއުޓީ ނިންމުމަށްފަހު ޝޫޓްތައް ނިންމާލުމަށްފަހު ފްރީ ގަޑިތަކުގައި އެޑިޓްކުރާ ކަމަށެވެ.
މި ދާއިރާއިން މާހީ އެއްވެސް ކޯހެއް ހަދާފައެއް ނުވެއެވެ. މާހީ ފޮޓޯ ނަގަން ދަސްކުރީ އަމިއްލައަށެވެ.
މާހީ ބުނިގޮތުގައި އޭނާ ފޮޓޯތައް އެޑިޓްކުރަނީ ލައިޓްރޫމް ބޭނުންކޮށްގެންނެވެ. އޭނާ ހުރިހާ ފޮޓޯތައް ވެސް އެޑިޓްކުރަނީ ފޯނުންނެވެ.
މާހީ ގަބޫލު ކުރާގޮތުގައި ކެރިއާއެއް ގޮތުގައި މިއީ ކުރަން ރަނގަޅު ކަމެކެވެ.
މިދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް މާހީ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. މާހީ ބުނަނީ އެކަމަށް ޝައުގުވެރިކަން ހުރެގެން ކުރާނަމަ ކޮންމެ މީހަކަށް ވެސް ފޮޓޯގްރަފީ އިން ކުރިއަށް ދެވޭނެ ކަމަށެވެ. އަދި ތަފާތު މީހުން ޝައުގުވެރިވާ ފަދަ ފޮޓޯތައް ނެގުމަކީ ވެސް މީހުންގެ ލޯތައް އެ ފޮޓޯއަކަށް ހުއްޓޭ ކަމެއް ކަމަށް މާހީ ބުންޏެވެ.
މި ދާއިރާއިން މާހީ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖޭގެ އެންމެ މޮޅު ފޮޓޯގްރާފަރުންގެ ޕްލެޓްފޯމުގައި ވިދާލާނެ ދުވަހެވެ.
މެލޯ ގެ ފޮޓޯތައް ވަރަށް ކަމުދޭ!