އިންޑިއާގެ ޗީފް އޮފް ޑިފެންސް އާއި އާއިލާ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި 11 މީހަކު މަރުވެއްޖެއެވެ.

ހަބަރު ފަތުރާ އިންޑިއާގެ އިދާރާތަކުން ބުނާ ގޮތުން، 14 މީހަކު ދަތުރު ކުރި އެ ހެލޮކޮޕްޓަރުގައި ޑިފެންސް ސެކްރެޓަރީ ބިޕިން ރާވަޓާއި އޭނާގެ އަނބިކަނބަލުން މަދޫލިކާ ރާވަޓް ހިމެނިވަޑައިގަންނަވައެވެ.

މީގެ ތެރެއިން 11 މީހަކު މަރުވެފައި ވާކަމަށް އިންޑިއާޓުޑޭގައި ރިޕޯޓު ކޮށްފައި ވެއެވެ. އަދި ޑިފެންސް ސެކްރެޓަރީއާއި އަނބިކަނބަލުންގެ ހާލު ސާފުނުވާކަމަށްވެސް ހަބަރުތައް ބުނެއެވެ. ނަމަވެސް ޓެމިލްނާޑޫ ފޯރެސްޓް މިިނިސްޓަރު ވިދާޅުވީ މަރުވެފައި ވަނީ 5 މީހަކު ކަމަށާއި 2 މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.

ހެލިކޮޕްޓަރު ވެއްޓުނީ އެއާފޯސް ބޭސް އަކުން ފުރައިގެން އާމީ ޑިފެންސް ސާވިސް ކޮލެޖަކަސް ދަތުރު ކުރަނިކޮށް ޓެމިލްނާޑޫގެ ކޫނޫރު ސަރަހައްދަށެވެ. އިންޑިއާގެ ޕަބްލިކް މިޑިއާ ޕްރަސާރު ބާރަތީން ބުނެފައިވާ ގޮތުން 3 މީހަކު ޒަހަމްވެގެން ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

ރާވަޓް އަކީ 2019 ވަނަ އަހަރު އަލަށް އުފެއްދި ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފެވެ. އޭނާ އަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ވަރަށް އަރިސް ބޭފުޅެއްގެ އިތުރުން ޑިފެންސް މިނިސްޓްރީގެ އެޑްވައިޒަރުވެސް މެއެވެ.